ދިވެހިރާއްޖެ
ށ. ގޮއިދޫ ހިނަވާގެ ޢިމާރާތްކުރުން
މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނާފައިވާ ށ. ގޮއިދޫ ހިނަވާގެ ޢިމާރާތްކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ކުރި އިޢުލާނު IUL)221-PP/221/2015/13) އާ ގުޅިގެން އެކަށީގެންވާ އަންދާސީހިސާބެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. ވީމާ، ށ. ގޮއިދޫ ހިނަވާގެ ޢިމާރާތްކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
13 ޖުމާދަލްއާޚިރާ 1436