ދިވެހިރާއްޖެ
ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި ރައްޔިތުން ބައިވެރިވުން އިތުރުކުރުމަށާއި، އެނިންމުންތަކަކީ ޒިންމާދާރުވެރި އަދި ޖާވާބުދާރީވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް ލާމަރުކަޒީ ޤާނޫނުން 2010/7 އިން ލާޒިމްކުރެއެވެ. އެހެންކަމުން މިކައުންސިލްގެ 04 ވަނަ ދައުރަށް އިންތިޚާބުކުރެވުނު ކައުންސިލާއެކު އެކުލަވާލެވުނު " ކައުންސިލަށް ލަފާދޭ ކޮމެޓީ " އަލުން އެކުލަވާލުމަށް ވަނީ ނިންމާފައެވެ.
މިގޮތުގެމަތިން މި ކައުންސިލްގެ ލަފާދޭ ކޮމެޓީ އަލުން އެކުލަވާލުމަށްޓަކައި ކައުންސިލަށް ލަފާދޭ ކޮމެޓީ އުފެއްދުމުގެ އުޞޫލާއި އެއްގޮތަށް ރަށުގެ ޖަމިއްޔާތަކުގެ ތެރެއިން ކޮމެޓީގެ މެމްބަރަކަށްވުމަށް ޝައުޤުވެރިކަން ހުރިފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. އަދި ދަންނަވަމެވެ. މި ކޮމެޓީއަށް އައްޔަންކުރާ މެމްބަރުންނަކީ ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކެއް ކަމުގައި ވެގެންނުވާނެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުގެ ވަނަވަރު އެނގޭގޮތަށް 21 ޖެނުއަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.