މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ފާރޫޤު މިސްކިތު ގޯތިތެރޭގައި ފާޚާނާއާއި ވުޟޫކުރާބައި ހިމެނޭހެން މާފުށިގެ 03 މިސްކިތެއްގެ މާރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

 (IUL)337-C-AA/337/2024/5 ނަންބަރު

އިޢުލާން

 

މަސްޖިދުލް ފާރޫޤު މިސްކިތު ގޯތިތެރޭގައި ފާޚާނާއާއި ވުޟޫކުރާބައި ހިމެނޭހެން މާފުށިގެ 03 މިސްކިތެއްގެ މާރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

މި ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކ. މާފުށީގެ މަސްޖިދުލް ފާރޫޤު މިސްކިތު ގޯތިތެރޭގައި ފާޚާނާއާއި ވުޟޫކުރާބައި ހިމެނޭހެން މާފުށިގެ 03 މިސްކިތެއްގެ މާރާމާތު މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި ޢިއުލާނާއެކު މިމަސައްކަތުގެ އިތުރު ތަފުސީލު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ އަދި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް[email protected]  އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ ލިޔުމަކުން ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.ރަޖިސްޓްރީ ކުރުމަށް ފޮނުވާ މެއިލް ނުވަތަ ލިޔުމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު ( ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް )

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

 

ބީލަން ރަޖިސްޓްރީ ކުރުން:

25 ޖަނަވަރީ 2024 ވަނަ ދުވަހުގެ 11:00ގެ ކުރިން

މަޢުލޫމާތު ސާފުކުރުން:

24 ޖަނަވރީ 2024 ވަނަ ދުވަހުގެ 11:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހެޅުން:

25 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަގިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

05 ރަޖަބު 1445

16 ޖަނަވަރީ 2024

16 ޖަނަވަރީ 2024
ހޯދާ