ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
ޗީފް އިންޖިނިއަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ޗީފް އިންޖިނިއަރ |
މުސާރަ: |
މަހަކު 18500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 7400.00 ރުފިޔާ - މެނޭޖްމަންޓް އެލަވަންސް: 5000.00 ރުފިޔާ - ފޯނު އެލަވަންސް: 750.00 ރުފިޔާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ތައުލީމީ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މާސްޓަސް ޑިގްރީ ޙާސިލުކޮށްފައިވުމާއި އެކު އެގްޒެކެޓިވް އެމްއެސްސީ އިން ޕްރޮޖެކްޓް މެނޭޖްމަންޓް ހާސިލްކޮށްފައިވުން. |
މަސައްކަތުގެ ޝަރުތު:
|
- ޕްރޮޖެކްޓް މެނޭޖްމަންޓާއި ސިވިލް އިންޖިނިއަރިންގެ ތަޖުރިބާ މަދުވެގެން 20 އަހަރުދުވަހުގެ ތަޖުރިބާލިބިފައިވުން. - އެސްފަލްޓް މަގު ހެދުމުގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. - ރިމޯޓް އައިލެންޑްސްގެ ގިނަ ޕްރޮޖެކްޓްތަކުގެ ތަޖުރިބާ ލިބިފައިވުން. - 40 މިލިއިން ޑޮލަރުގެ ކޮންސްޓަރަކްޝަން ޕްރޮޖެކްޓް މެނޭޖް ކޮށްފައިވުން. - ކޮމިއުނިޓީ ރިލޭޓެޑް ޕްރޮޖެކްޓްތަކުގައި މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ފިޑިކްގެ ކޮންޓްރެކްޓްތަކަށް އަހުލުވެރި އަދި 10 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވިޜަންގެ މެންޑޭޓްގައި ބަޔާންކުރާ އެންމެހާ ކަންކަން ކުރުމާއެކު ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ޕްލޭންކޮށް ޑިޒައިނިން ކުރުމާއި ޕްރޮޖެކެޓް ޕްލޭނާއި އެއްގޮތްތައް މަސައްކަތް ކުރިއަށް ދާކަން ކަށަވަރު ކުރުން. - އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވިޜަންގެ ދަށުން މަސައްކަތް ކުރިއަށް ގެންދާ ހުރިހާ ޑިޕާޓްމަންޓްތަކުގެ މަސައްކަތް ރާވައި ހިންގުން. - ޕްރޮޖެކްޓްތައް ޕްލޭން ކުރުމާއި އިންޕްލިމެންޓް ކުރުމުގައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކޮށް ޕްރޮޖެކްޓް ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ގެންދާކަން ކަށަވަރު ކުރުން. - ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި ޤަވާއިދުތަކާއި، ސިޔާސަތުތަކާއި، އޮނިގަނޑުތައް އެކުލަވާލުން. - މަގު ހެދުމުގެ މަޝްރޫޢުތަކުގެ ޕްލޭނިންގ އަދި ޑިޒައިން މަސައްކަތްތައް މެނޭޖްކޮށް ބެހެލެއްޓުމާއި އެފަދަ މަޝްރޫޢުތަކުގެ ފީސިބިލިޓީ ސްޓަޑީޒް، ކޮލިޓީ މެއިންޓެނެންސް، ކުއަންޓިޓީ ސަރވޭއިން ފެށިގެން ޑިޓެއިލްޑް ޑިޒައިން ކުރެހުންތަކާއި ސްޕެސިފިކޭޝަންތައް ހެދިފައިވަނީ ކަމާ ގުޅޭ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރު ކުރުން. - ޕްރޮޖެކްޓް ޕްރޮޕޯސަލްތަކާއި ކޮންޓްރެކްޓްތަކާއި ބަޖެޓާއި ޝެޑިއުލްތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ރިވިއުކުރުން. - ޕްރޮޖެކްޓްތައް ތަންފީޒް ކުރުމުގައި ކަމާ ގުޅޭ އެންމެހާ ފަރާތްތަކާއެކު ރަނގަޅު ގުޅުމެއް ބާއްވައި އެފަރާތްތަކާއެކު މަސައްކަތް ކުރުން. - މަސައްކަތްތައް ތަންފީޒް ކުރުމުގައި ކަމާގުޅޭ މިންގަނޑުތަކާއި ގަވާއިދުތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ޢަމަލުކުރުން. - ޕްރޮޖެކްޓްގެ ކުރިއެރުމާއި ކޮލިޓީ އާއި ހަރަދުތައް މޮނިޓާކޮށް ކޮންޓްރޯލް ކުރުން. އަދި އެއްވެސް މައްސަލައެއް ނުވަތަ ނުރައްކަލެއް ފާހަގަވާނަމަ އެކަން ދެނެގަނެ އެކަން ހައްލުކުރުން. - ކްލައިންޓުންނާއި، ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުންނާއި، ސްޓޭކްހޯލްޑަރުންނާ އެކު ހަރުދަނާ ގޮތެއްގައި މުއާމަލާތްކޮށް، ގަވާއިދުން އަޕްޑޭޓްތަކާއި ފީޑްބެކް ފޯރުކޮށްދިނުން. - ސައިޓްތަކަށް ޒިޔާރަތްކުރުމާއި އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމާއި، ޞިއްޙީ އަދި ރައްކާތެރިކަމުގެ އެންމެހާ މިންގަނޑުތަކަށް ސައިޓްތައް ފެތޭތޯ ބަލައި ކަށަވަރު ކުރުން. - ކޯޕަރޭޝަންގައި ބޭނުންކުރާ އެންމެހާ ވެހިކަލްތަކަކީ ރަނގަޅު ކޮންޑިޝަންގައި އަބަދުމެ ހުންނަ ވެހިކަލްތައް ކަން ކަށަވަރު ކުރުން. - ވެހިކަލް މެއިންޓަނަސް އާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ހުށައަޅަންޖެހޭ ލިޔުންތަކާއެކު، 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ/ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
03 ރަޖަބް 1445
16 ޖަނަވަރީ 2024