ދިވެހިރާއްޖެ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ އޮފީސް ހިންގުމަށް ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެގެން 24 ޑިސެމްބަރު 2023 ގައި ކުރެވުނު ނަންބަރު (IUL)MHCL-P/1/2023/25 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:
މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 23 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.