މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)               

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 2 

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / މާލެ 

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:   ފްރޭމްވަރކް ސަރވިސަސް އެންޑް އެޑްވޮކަސީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ/މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ވެލިޑޭޓްކޮށްދިނުމަށް އެދި ހުށަހަޅާ ސަނަދުތައް ބަލައިގަތުމާއި، ވެލިޑޭޓް ކޮށްދިނުމަށްފަހު އެފަރާތްތަކަށް އަނބުރާ ދޫކުރުމާ ގުޅޭ އެންމެހައި ކަންކަން ވިލަރެސްކޮށް ހިންގުން.
  • ފެންވަރު ބެލުމަށް އެދި ހުށަހަޅާ ސަނަދުތަކުގެ އެސެސްމަންޓް ހެދުން.
  • ސެޓްފިކެޓް ވެލިޑޭޝަން ޕެނަލްގެ ބައްދަލުވުންތައް ވިލަރެސްކޮށް ސެކްރެޓެރިއޭޓް ބެލެހެއްޓުމާއި، ޕެނަލްގެ ނިންމުންތައް ތަންފީޒުކޮށް ރެކޯޑް ބެލެހެއްޓުން.
  • ވެލިޑޭޓްކޮށްދެވޭ ސެޓްފިކެޓްތަކުގެ ރެޖިސްޓްރީއެއް ބެލެހެއްޓުމާއި ވިލަރެސްކޮށް ހިންގުން.
  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޯސްތަކާއި މަރުކަޒުތަކަކީ އެމް.ކިޔޫ.އޭ އިން ގަބޫލުކުރާ ކޯސްތައްތޯ ބެލުމަށް އެދޭފަރާތްތަކަށް އެ މަޢްލޫމާތު ފޯރުކޮށްދިނުމާ ގުޅޭ މަސައްކަތްތައް ކުރުން.
  • މުވައްޒަފުންގެ މެދުގައި ބަހާލައިގެން ކުރަންޖެހޭ ރިސެޕްޝަނުގެ މަސައްކަތަށް ބޭނުންވާ ޙާލަތެއްގައި ކަނޑައެޅޭ ތާވަލާ އެއްގޮތަށް ކޮށް ބެލެހެއްޓުން.
  • އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠު:                            

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށްބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.                                 

އިންޓަވިއު ކުރުން:

ހ. މި މަޤަމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 19 އެޕްރީލް 2015 އާއި 23 އެޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ހ. ވެލާނާގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މިވަ ޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 12 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3344077 ނަންބަރު ފޯނަށް ނުވަތަ 3346023 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ