ދިވެހިރާއްޖެ
މިރަށުގައި ވިޔަފާރިތަކަށް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ. ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2024 ފެބުރުވަރީ 01 ވަނަ ދުވަހުގެ 13:15 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ)އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 21 ވަނަ ދުވަހުން ފެށިގެން 31 ޖަނަވަރީ 2024 ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުންނެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިއުލާނާއިއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިންތަކެވެ.
- 59.1، 59.3 އަދި 59.5 (ބިމުގެ ބޮޑުމިން 4000 އަކަފޫޓް100’x40’ )
- 59.8 (ބިމުގެ ބޮޑުމިން 2400 އަކަފޫޓް60’x40’ )
- 8.1(ބިމުގެ ބޮޑުމިން 4000 އަކަފޫޓް100’x40’ )
ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވްސް ވިޔަފާރިއަކުން ނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވްސްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވްގެ ރަޖިސްޓްރީ/ޕްރޮފައިލް ޝީޓުގެ ކޮޕީއާއި ބީޕީޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި/ އަމިއްލަ ފަރުދަކު ބަދަލުގައި މީހަކު ފޮނުއްވައިގެން ބިޑު ހުށަހަޅާނަމަ އެކަން އެނގޭނެ ބިޑުގެ ވެރިފަރާތުގެ ސިޓީއެއް ބިޑްފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ ބިމަކަށް އެންމެ ބިޑްފޯމެކެވެ. ކޮންމެ ބިމަކަށް ހުށަހަޅަންވާނީ ވަކި ބިޑް ފޯމެކެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.