މަޤާމް
|
އެސިސްޓެންޓް ވީޑިއޯ އެޑިޓަރ
|
މަޤާމުގެ ރޭންކް
|
L9 – F3 (T)
|
ބޭނުންވާ ޢަދަދު:
|
01
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް:
|
ނިވްސް އެންޑް ކަރަންޓް އެފެއާރޒް
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު
|
އަސާސީ މުސާރަ
|
-/6,400 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,500 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ސާނަވި އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން ސީ ގްރޭޑް ލިބިފައިފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ކޮމްޕިއުޓަރުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރަނގަޅަށް ކުރަން އެނގުން.
- ވީޑިއޯ އެޑިޓްކުރަން ބޭނުންކުރާ ސޮފްޓްވެއަރތައް ރަނގަޅަށް ބޭނުން ކުރަން އެނގުން.
- އޯޑިއޯ / ވީޑިއޯ މެޓީރިއަލްސް އެޑިޓް ކުރުމުގެ ހުނަރު ހުރުން.
- ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ވިޑިއޯ މެޓިރިއަލް ޖަރނަލިސްޓް / އެޑިޓަރ ބޭނުންވާ ގޮތަށް އެޑިޓް ކުރަން އެނގުން.
- ދިވެހި / އިނގިރޭސިން ލިޔެފައި ހުންނަ ތަކެތި ރަނގަޅަށް ކިޔަން އެނގުން އަދި އިނގިރޭސިން ވާހަކަ ދައްކަން އެނގުން.
- ކޮމްޕިއުޓަރުން ދިވެހި / އިނގިރޭސިން ފަރިތަކަމާއެކު ލިޔަން އެނގުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޚަބަރާއި ޕްރޮގްރާމަށް ކޮންޓެންޓް މޭކަރ ބޭނުންވާ މެޓީރިއަލް ކޮންޓެންޓްމޭކަރ ބޭނުންވާ ގޮތަށް އަދި ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަގަޅަށް އެޑިޓްކުރުން.
- އެޑިޓް ކުރެވުނު ވީޑިއޯގައި އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމަށްތަކައި ޖަރނަލިސްޓް ނުވަތަ އެޑިޓަރ ބޭނުންވެއްޖެ ހާލަތެއްގައި ރިވިއުކޮށްދިނުން.
- އެޑިޓް ކުރެވުނު ވީޑިއޯ ވީ އެންމެ އަވަހަށް ޓޭޕަށް އެޅުން ނުވަތަ އޮންއެއަރ އަށް ފޮނުވުން.
- ކޮންޓެންޓް މޭކަރ ބޭނުންވާ ގޮތަށް ރިޕޯޓްތަކާއި ޕްރޮގްރާމްތައް ހެދުން.
- ޚަބަރާއި ޕްރޮގްރާމްތަކުގައި ބޭނުންކުރާ ރޯ މެޓީރިއަލް އަރކައިވް ކުރުން.
- ޚަބަރަށާއި ޕްރޮގްރާމްތަކަށް އެޑިޓްކުރާ ރިޕޯޓްތަކާއި ޕްރޮގްރާމްތައް ރަގަޅަށް ލޭބަލްކޮށް އާކައިވް ކުރުން.
- ޚަބަރާއި ޕްރޮގްރާމް އެޑިޓްކުރުމަށް ބޭނުންކުރާ ސިސްޓަމްތަކަށް އަޅާ ޑޭޓާތައް އޮންނަ އުޞޫލެއްގެ ދަށުން ފޮހެމުން ގެންދިއުން.
- ލައިވްކުރާ އެކި އިވެންޓްތައް ލައިވް އިންޖަސްޓް ކުރާ ސިސްޓަމް އަށް ކޮންޓެންޓް މޭކަރ ބުނާ ގަޑިއެއްގައި ރެކޯޑްކުރުމާއި، ގަވާއިދުން އެސިސްޓަމްގެ ޑްރައިވް ތަކުގެ ޖާގަ ހުސްކުރަމުން ގެންދިއުން.
- ޚަބަރާ ޕްރޮގްރާމްތަކުން އޮންއެއަރ ކޮށް ނިމިފައި ހުރި ވީޑިއޯ ތައް އޮންއެއަރ ސިސްޓަމް ގަވައިދުން ފޮހެމުން ގެންދިއުން.
- އެކި ފަރާތްތަކުން ރިކޯޑް ކުރުމަށް އަންނަ ކޮންޓެންޓް ރެކޯޑް ކޮށް ދިނުން.
- ޚަބަރާއި ޕްރޮގްރާމްތަކަށް ކޮންޓެންޓް މޭކަރ ބޭނުންވާ މެޓީރިއަލް، ކޮންޓެންޓް މޭކަރ ބޭނުންވާ ގޮތަށް އަދި ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް އެޑިޓުކުރުން.
- އަލަށް ޓީމާ ގުޅޭ ޓެކްނީޝަނުންނަށް ފަންނި ޤާބިލްކަމުގެ ގޮތުން ތިމާގެ އެހީތެރިކަން ލިބިދެވިދާނެ ޓެކްނީޝަނުންނަށް ތަމްރީންދީ ފެންވަރު މަތިކުރުމަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ލިބިދިނުމާއި ކޯޕަރޭޝަނުން އެދިއްޖެ ޙާލަތެއްގައި، ކޯޕަރޭޝަނުން އެދޭ ބަޔަކަށް މި ރޮނގުން ކިޔަވައިދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 24 ޖެނުއަރީ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.
|