ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާން އާއިއެކު އާންމުކުރެވިފައިވާ މަޢުލޫމާތަށް ބައްލަވައި 25 ޖަނަވަރީ 2023 ދުވަހުގެ 13:15 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6840015 ފޯނަށް ގުޅުއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވަނީ ކުންފުނި / ކޯޕަރޭޓިވް އަކުންނަމަ ޕްރޮޕޯސަލް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ކުންފުނި / ކޯޕަރޭޓިވްގެ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަމުގެ ސިޓީއެއް، ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި ޕްރޮޕޯސަލް ހުށައެއްނޭޅޭނެއެވެ.

ޕޮއިންޓް ދޭނެ މިންގަނޑު

މަސައްކަތްކުރުމަށް ހުށަހަޅާ އަގު %90 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

ހުށަހަޅާ ފްރޮޕޯސަލް        %5 ޕޮއިންޓް (އެންމެ ރަނގަޅު ހުށަހެޅުމަކީ ބެންޗްމާކު ކަމުގައި ބަލައިގެން)

މަސައްކަތުގެ ތަޖުރިބާ     5% ޕޮއިންޓް (އެންމެ ގިނަދުވަހު މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކީ ބެންޗްމާކް ކަމުގައި ބަލައިގެން)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖަނަވަރީ 2024
ހޯދާ