ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީގެ ނަންބަރު IUL)221-AF/221/2015/21) އިއުލާނު ބާޠިލްކޮށް ތިރީގައިވާ މަޤާމުތަކަށް އަލުން އިއުލާންކުރަމެވެ.

 

މަޤާމް: އެޑްވޮކޭޓަރ (ޕްރޮޖެކްޓް މެނޭޖްމަންޓް)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކުލެސިފިކޭޝަން: MS3

އަސާސީ މުސާރަ: -/7،035 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

 

  • ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެގޮތުން ކައުންސިލްތަކަށާއި ކައުންސިލް އިދާރާއަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ޢިލްމީ ދިރާސާއާއި އެހެނިހެން މަސައްކަތް ކުރުން.
  • ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެގޮތުން ކައުންސިލްތަކަށާއި ކައުންސިލް އިދާރާގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ފާހަގަކުރުމަށްފަހު އެކަމަށް ބޭނުންވާ ސިލަބަސްތަކާއި މެޓީރިއަލް ތައްޔާރުކުރުން.
  • ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ހިންގުމަށްޓަކައި ބޭނުންވާ އިދާރީ ތަމްރީނުތަކާއި، ފަންނީ ތަމްރީންތައް ރާވައި ހިންގުން.
  • ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެގޮތުން ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ކުރަންޖެހޭ ޢިލްމީ ދިރާސާތައްކުރުމާއި މައުލޫމާތު ހޯދުމާއި އާއްމުކުރުން.
  • ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ކައުންސިލްތަކުން އެދި ހުށަހަޅާ ތަފާތު ތަމްރީންތައް ހިންގުމާއި، ތަމްރީންތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުން.
  • ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން އެކިއެކި މުއައްސަސާތަކުން އެދޭ ލާމަރުކަޒީ ނިޒާމާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ކައުންސިލްތަކަށް ހިންގައިދިނުން.
  • އެލް.ޖީ.އޭ އިން ރާވާ ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ކިޔަވައިދޭނެ ފެސިލިޓޭޓަރުން ހޯދައި، ކަމާގުޅޭ މަޢުލޫމާތާއި ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން.
  • ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގެގޮތުން، ކައުންސިލްތަކުން  އެދި ހުށަހަޅާ ތަފާތު ޓްރޭނިންގތައް ރާވައި، އެފަދަ ޓްރޭނިންގ ޕްރޮގްރާމްތައް ކައުންސިލްތަކަށް ހިންގައިދިނުމާއި ފެސިލިޓޭޓަރެއްގެ ހައިސިއްޔަތުން ޓްރޭނިންގތަކުގައި ކިޔަވައިދިނުން.
  • ކައުންސިލްތަކަށް ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ބޭނުންވާ ޓްރޭނިންގތައް ފާހަގަކޮށް،  ކޮންމެހެން ހުންނަންޖެހޭ ހުނަރާއި މަޢުލޫމާތުހުރި މިންވަރު ބެލުން.
  • ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ޓްރޭނިންގ ރިކުއަރމެންޓްތަކަށް ބޭނުންވާ ކޯސްތައް ފަރުމާކުރުމާއި، މުޤައްރަރުތައް އެކުލަވައިލުމާއި، އެމްކިއުއޭ އަށް ހުށަހަޅައިގެން ކޯސްތައް އެކްރެޑިޓްކުރުމަށް މަސައްކަތްކުރުމާއި، ޓްރޭނިންގއަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމުގެ ކަންކަން ކުރުން.

 

އުޖޫރަޔާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/4000 ރުފިޔާ (ހަތަރުހާސް ރުފިޔާ) ދެވޭނެއެވެ. 

 

މަޤާމް: ސީނިއަރ ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކުލެސިފިކޭޝަން: MS3

އަސާސީ މުސާރަ: މަހަކު -/7،030 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

 

 

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މީހުން ބިނާކުރުމާއި، އިޖުތިމާޢީ މަޝްރޫޢުތަކަށް އެކުލަވައިލެވޭ ޕްރޮޖެކްޓްތައް އެކުލަވައިލުމުގެ މަސައްކަތްކުރުން.
  • ޕްރޮޖެކްޓްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  • ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ބަލައި ވަޒަންކުރުން.
  • ޕްރޮޖެކްޓްތަކުގެ މަސައްކަތް ވަޒަންކުރުމަށްފަހު، ލިބޭ މަޢުލޫމާތުގެ އަލީގައި ގެންނަންޖެހޭ ފަންނީ ބަދަލުތައް ގެނައުމަށް ލަފާދިނުން.
  • ޕްރޮޖެކްޓްތަކާ ގުޅިގެން ދޭންޖެހޭ ތަމްރީންތަކަށް ބޭނުންވާ ޢިލްމީ ކަރުދާހާއި ފަންނީ ކަރުދާސް ތައްޔާރުކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ހެލްތު އިންޝުއަރެންސް ލިބޭނެއެވެ.

 ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/4،000 ރުފިޔާ (ހަތަރުހާސް ރުފިޔާ)  ލިބޭނެއެވެ. 

 

މަތީގައިވާ މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މަތީގައިވާ މަޤާމުތަކަށް މީހުން ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ،ނުވަތަ މަތީ ތަޢުލީމް ހާސިލްކުރުމަށްފަހު އަދި ސެޓްފިކެޓް ނުލިބުނު ނަމަވެސް ޓްރާންސްކްރިޕްޓްތައް ލިބިފައިވާ ފަރާތްތަކުން އެ ކޯހަކީ އެމް.ކިޔު.އޭ އިން ގަބޫލުކުރައްވާ ފެންވަރުގެ ކޯހެއްކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓްތައް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  •  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭފަދަ ރަސްމީ ލިޔުމެއް.
  • ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު، 2015 އޭޕްރީލް 8 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން 15:00 ށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އެޓޯލް ޕޯސްޓް ބިލްޑިންގ، ފުރަތަމަ ފްލޯއިން) ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން (www.lga.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ، ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ 3006724 ނަންބަރު ފޯނުން ނުވަތަ 3013124 ނަންބަރު ފޯނުން ސާފުވާނެއެވެ.

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ