މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ކުނިކޮށި އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ރ. އަނގޮޅިތީމު ކުނިކޮށި އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ރ.އަނގޮޅިތީމު ކުނިކޮށި އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް (IUL)301-PJ/301/2023/60    ނަންބަރުން ކުރި އިޢުލާނަށް އަގު ހުށައެޅިފަރާތްތަކުން ހުށައެޅި އަގުތަކަކީ މިމަސައްކަތައް ބަލާއިރު ބޮޑު އަގުތަކެއްކަމުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

          މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކުގެ ބީލަން ފޮތް ބައްލަވައިގެން 2024 ޖަނަވަރީ 24 ވާ ބުދަ ދުވަހުގެ 13:15އަށް  މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ފޮތް 2024 ޖަނަވަރީ 16 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އާދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަގީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ފެބުރުވަރީ 04  ވާ އާދިއްތަ ދުވަހުގެ 13:15 ގައެވެ.

         މަޢުލޫމާތު ދިނުން އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ ހާޒިރުވާ ފަރާތުގެ އައިޑީ ކާޑާއި، ވެރިފަރާތުގެ ސިޓީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ  ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމަށް އަދި އަގު ހުށައެޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

 

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6580071 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

15 ޖަނަވަރީ 2024
ހޯދާ