ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މި ސެންޓަރުން ކުރި،IUL)CHSE-SMT/1/2015/1) ނަންބަރުގެ އިޢުލާން ބާޠިލުކުރުމަށްފަހު، އެ މަޤާމަށް އަލުން އިޢުލާނުކުރަމެވެ.
މަޤާމް: އިކޮނޮމިކްސް ޓީޗަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާއޮތް އޮފީސް: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވަލާ އެއްގޮތަށް ގަޑިތައް ނަގައިދީ، ސިލަބަސް ނިންމުން.
- މި ސެންޓަރުން ކަނޑައަޅާފައި އޮންނަ ތާވާލާ އެއްގޮތަށް ދަރިވަރުންނަށް އިތުރު ގަޑި ނަގައިދިނުން.
- ހެޑް އޮފް ޑިޕާޓްމަންޓް ކަނޑައަޅާ ތާވަލާ އެއްގޮތަށް ދަރިވަރުންގެ ކޮންސަލްޓޭޝަން ގަޑިތައް ނަގައިދިނުން.
- ކޮންމެ ދުވަހަކު ކްލާހަށް ދިއުމުގެކުރިން ލެސަންޕްލޭން ތައްޔާރުކޮށް ހެޑް އޮފް ޑިޕާޓްމަންޓުގެ ސޮއި ހޯދުމާއި، ލެސަންޕްލޭންތަކާއި ކިޔަވައިދިން ފިލާވަޅުތަކުގެ ރެކޯޑް ބެލެހެއްޓުން.
- މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފީލްޑް މަސައްކަތްތައް ރާވައި، ދަރިވަރުންނަށް ތަޖުރިބާ ހޯދައިދިނުން.
- ހަމަޖެހިފައިވާ ރަސްމީ ގަޑީގެ ތެރެއިން ކްލާހުގައި ނުހުންނަ ގަޑީގައި ކުދީންގެ ފޮތްތައް މާކުކޮށް، ލެސަން ނޯޓުތައް ތައްޔާރުކޮށް، ފިލާވަޅުތައް ރަނގަޅަށް ގެންދިއުމަށް މަސައްކަތް ކުރުން.
- ދަރިވަރުންގެ އެންމެހައި ރެކޯޑްތައް ބަލަހައްޓައި، އެކަމުގެ ޒިންމާނެގުން. (މީގެ ތެރޭގައި، ދަރިވަރުންގެ ހާޒިރީ، ދަރިވަރުން ކޮށްފައިވާ މަސައްކަތްތަކުގެ ރެކޯޑްތައް، ދަރިވަރުންގެ މާކްސްތައް، އަދި ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންތައްތަކުގައި އެޅިފައިވާ ފިޔަވަޅުތަކުގެ ރެކޯޑްތައް ހިމެނެއެވެ.)
- ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤާއި ހާޒިރީގެ ކަންތައްތަކުގައި ކަނޑައެޅިފައި އޮންނަ އުޞޫލާއެއްގޮަތަށް ދަރިވަރުންނާމެދު ފިޔަވަޅުއަޅަން ޖެހޭފަދަ ޙާލަތްތަކުގައި ބެލެނިވެރިޔާއަށް އެކަން އަންގައި، ފިޔަވަޅު އެޅުން.
- ކޮންމެ ސެމެސްޓަރއެއް ނިމޭއިރު، އެ ޓީޗަރަކު ކިޔަވައިދޭ ކޮންމެ ދަރިވަރެއްގެ ހާޒިރީއާއި، ކިޔެވުމާއި، އަޚްލާޤުގެ މައްޗަށް އަލިއަޅުވާލައި ޚުލާޞާ ރިޕޯޓެއް ތައްޔާރުކުރުމަށްފަހު އެ ޓީޗަރެއްގެ ސުޕަވައިޒަރަށް ހުށަހެޅުން.
- ހެޑް އޮފް ޑިޕާޓްމަންޓުގެ އިރުޝާދުގެދަށުން ޔުނިޓް ޓެސްޓް ޕޭޕަރާއި، ސެމެސްޓަރ ޕޭޕަރު ތައްޔާރުކޮށް، ކްލާސްތަކަށް އެޅުމާއެކު ހީރަސްޖެހުމާއި، ޔުނިޓް ޓެސްޓްތަކާއި ސެމެސްޓަރ ޓެސްޓްތައް ދަރިވަރުން ހަދަމުންދާއިރު މި ސެންޓަރުން ކަނޑައަޅާ ސުޕަވިޜަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރުވުން.
- މެއި/ޖޫން އެޑެކްސެލް އިމްތިޙާން ދަރިވަރުން ހަދަމުންދާއިރު، މި ސެންޓަރުން ކަނޑައަޅާ ސުޕަވިޜަން ޑިއުޓީއާ އެއްގޮތަށް އިމްތިޙާންތައް ބެލެހެއްޓުމަށް ގަޑިއަށް ހާޒިރުވުން.
- ކޮންމެ ސެމިސްޓަރއެއް ނިމުމުން، ދަރިވަރުންގެ ރިޕޯޓް ތައްޔާރުކުރުމާއި، އެކަމާ ގުޅޭ ހުރިހާކަމެއް ކުރުން.
މަޤާމުގެ ޝަރުޠު:
މަޤާމުގެ ނަން |
ކްލެސިފިކޭޝަން |
ސިވިލް ސަރވިސް ރޭންކް |
އަސާސީ ޝަރުޠު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިއަރ ޓީޗަރ |
ސްކޫލް ޓީޗަރސް |
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
10,640.00 |
2,500.00 |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
10,320.00 |
2,500.00 |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
10,100.00 |
2,500.00 |
||
CS15-2 |
|
9,910.00 |
2,500.00 |
||
|
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS1 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
9,850.00 |
2,500.00 |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
9,360.00 |
2,500.00 |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
8,890.00 |
2,500.00 |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ؛ |
8,440.00 |
2,500.00 |
||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
8,250.00 |
2,500.00 |
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
7,840.00 |
2,500.00 |
||
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2އަހަރު ދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
7,450.00 |
2,500.00 |
||
CS11-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
7,070.00 |
2,500.00 |
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:
މުސާރައިގެ އިންސައްތަ |
ސަނަދު |
30% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން. |
25% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން. |
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެގެ ލެވެލް 6 ގެ ސަނަދެއް އޮތުން. |
15% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެގެ ލެވެލް 5 ގެ ސަނަދެއް އޮތުން. |
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެގެ ލެވެލް 4 ގެ ސަނަދެއް އޮތުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮއްފައިވާ ފަރާތަކަށް ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗިލަރސް ޑިގްރީއެއް ހާސިލުކޮއްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ކިޔަވައިދޭ މާއްދާއަކުން ދެވޭ ޓޮޕިކަކަށް ކިޔަވައިދިނުން އަދި ޕަރޕޯމަންސަށް ބަލައިގެން.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 15 އެޕްރީލް 2015 އާއި 22 އެޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 ން 14.00 އަށް މި ސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ ވެބްސައިޓުން (www.chse.edu.mv ން) ނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 13 ވަނަ ދުވަހުގެ 14:00 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤަބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުގެ 3321330 ނަންބަރުފޯނަށް ގުޅުން އެދެމެވެ.
9 ޖުމާދަލްއާޚިރާ 1436