މަޤާމު:
|
ޕާސަނަލް އެސިސްޓެންޓް (ޗާންސެލަރ)
|
ބޭނުންވާ ޢަދަދު: 1
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ / ޗާންސެލަރ ބިއުރޯ
|
މަސައްކަތްކުރަން ޖެހޭ ތަން:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)
|
ނޯޓު:
|
މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG/17) ގައިވާ ޝަރުތު ފުރިހަމަވުމުނެވެ (ޑިޕްލޮމާ، ޑިގްރީ ނުވަތަ މާސްޓަރ ލެވެލްގެ ސެޓްފިކެޓު ހުށަހެޅިކަމުގައި ވިޔަސް އެ ސެޓްފިކެޓުތަކަށް މާކްސް ދެވޭނީ ADG6/32 ގައިވާ ޝަރުތުތަކުން ކުރެ ޝަރުތެއް ފުރިހަމަވުމަށްފަހު އެޝަރުތުގައި ބަޔާން ކުރާ ސެޓްފިކެޓު ހުށަހެޅުމުންނެވެ.)
|
މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް
|
މަޤާމު
|
ގްރޭޑް /
ސްޕައިން ޕޮއިންޓު
|
ޝަރުތު
|
މަޤާމުގެ އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ADG6/32
|
މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން
|
9,124.50 ރުފިޔާ
|
3910.50 ރުފިޔާ
|
ADG6/33
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 32 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
9,607.22 ރުފިޔާ
|
4,117.38 ރުފިޔާ
|
ADG6/34
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 33 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
10,094.55 ރުފިޔާ
|
4,326.24 ރުފިޔާ
|
ADG6/35
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 34 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
10,582.19 ރުފިޔާ
|
4,535.22ރުފިޔާ
|
ADG6/36
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 35 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
10,978.22 ރުފިޔާ
|
4,704.95 ރުފިޔާ
|
ADG6/37
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 36 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން
|
11,374.4 ރުފިޔާ
|
4,874.74 ރުފިޔާ
|
ADG6/38
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 37 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
11,770.43
ރުފިޔާ
|
5,044.47
ރުފިޔާ
|
ADG6/39
|
އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 38 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
|
12,166.00
ރުފިޔާ
|
5,214.00
ރުފިޔާ
|
|
ތަޢުލީމީ ރޮނގު
|
މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮންޕިއުޓަރ ސައިންސް، ލީޑަރޝިޕް.
|
މަޤާމުގެ ދާއިރާތައް
|
މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީ މަޖިލީހުގެ އިދާރީ އެންމެހާ ކަންކަން ޗާންސެލަރ އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ޗާންސެލަރ އޮފީހަށް ވަޑައިގެންނެވުމުގެ ކުރިން ޗާންސެލަރގެ ކޮޓަރިކޮޅު ހުރީ ރަނގަޅު ހާލަތެއްގައިކަން ކަށަވަރު ކުރުން.
- ޗާންސެލަރ ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރައްވާ ދަތުރު ތަކުގައި ބައިވެރިވުމާއި ދަތުރުތަކުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދަތުރު ރިޕޯޓު ތައްޔާރުކޮށް ފައިލްކުރުން.
- ބޭރުގެ ޔުނިވަރިސޓީތައް އަދި މުއައްސަސާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް ކޮށް ލިޔެކިޔުންތައް ފައިލްކުރުން، ބޭރުގެ މުއައްސަސާތަކާއެކު ވެވޭ އެއްބަސްވުންތައް ފޮލޯއަޕްކޮށް ފައިލްކުރުން.
- ޔުނިވަރސިޓީ އަދި ޔުނިވަރސިޓީން ބޭރުގައި ޗާންސެލަރ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ބައްދަލުވުންތަކުގެ ޔައުމިއްޔާ ގަވާއިދުން ދުވަހުން ދުވަހަށްލިޔެ ފައިލްކުރުން.
- ޗާންސެލަރ އަށް ލިބޭ ސިޓީތައް ބަލައިގަނެ، ޗާންސެލަރގެ ފަރާތުން ފޮނުވަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔުންތައް ސަރުކާރުގެ އޮފީސްތަކާއި އެހެނިހެން ފަރާތްތަކަށް ފޮނުވުން.
- ޔުނިވަރސިޓީގެ ދައުވަތަށް ވަޑައިގަންނަވާ ބޭރުގެ ބޭފުޅުންނަށް މަރުހަބާކިޔުމުގެ އެންމެހާ ކަންތައްތައް ހަމަޖެއްސުން.
- ޔުނިވަރސިޓީގެ އަހަރީ ރިޕޯޓް ހެދުމުގެ މަސައްކަތް ޗާންސެލަރގެ ލަފާފުޅާ ބެއްލެވުމުގެ ދަށުން ކުރުން.
- ޔުނިވަރސިޓީގެ ޗާންސެލަރ އަށް ޒިޔާރަތް ކުރައްވާ މެހުމާނުންނާއި އިއްޒަތްތެރިންނަށް މެހުމާންދާރީ އަދާކުރުން.
- ޔުނިވަރސިޓީގައި ބޭއްވޭ ޖަލްސާ އަދި މުނާސަބަތުތައް އިންތިޒާމުކޮށް ޢަމަލީގޮތުން ބައިވެރިވުން.
- ޔުނިވަރސިޓީގައި ހިނގާ ހަރަކާތްތަކުގެ ދައުވަތު މީޑިއަށް ފޮނުވައި، އިވެންޓްތަކުގެ މަޢުލޫމާތު މީޑިއާތަކާ ހިއްސާކޮށް، ޔުނިވަރސިޓިގެ ނޫސްބަޔާންނެރެ، އަދި އެ ޚަބަރުތައް ފައިލްކުރުން.
- ޗާންސެލަރގެ ލަފާގެމަތިން، އެކި އެކި ބޭފުޅުންނަށް އަންގަންޖެހޭ ލިޔުންތައް ތައްޔާރުކޮށް އެބޭފުޅުންނަށް ރައްދުކޮށްދިނުން.
- ބޭރުގެ އެކިއެކި ފަރާތްތަކާ އެކު އެޕޮއިންޓްމަންތައް ރާވައި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
- ޗާންސެލަރ ބިއުރޯގެ މުވައްޒަފަކު ސަލާމް ނުވަތަ ޗުއްޓީގައިވާނަމަ އެ މުވައްޒަފަކު ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް އެކަމަކާ ޙަވާލުވެ ހުންނަވާ އެންމެ އިސްވެރިޔާ އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޔުނިވަރސިޓީގެ މީޓިންގ ރޫމް ހުޅުވައި ލެއްޕުން.
- ޔުނިވަރސިޓީގެ މަޖިލިހުގެ މީޓިންގތަކަށް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- އަސާސީ މުސާރައިގެ 35 ޕަސެންޓް
- ސްޓާފް އިންސިއުރަންސް ޕެކޭޗް
- ޕެންޝަން ސްކީމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
https://jobs.ium.edu.mv/
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 24 ޖަނަވަރީ 2024 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
- މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 25 ޖަނަވަރީ 2024 އިން 31 ޖަނަވަރީ 2024 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|