މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ

އިޢުލާނު

                                                    

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-392972

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ،އެސް،3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ. / ކ. ގުރައިދޫ

މުސާރަ:

-/4465ރުފިޔާ

ސަރވިސް އެލަވަންސް:

-/1500ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް 2: -/700 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  • މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

2- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

3- މަސްވެރިކަމުގެ ލައިސަންސާއި ސަލާމަތީ ސެޓްފިކެޓާއި ސާފުތާހިރުކަމުގެ ސެޓްފިކެޓާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެކަމާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ޑޮކިއުމަންތްތައް ފޮނުވުމާއި މި ދެންނެވި ޑޮކިއުމަންޓްތައް ޤަވައިދުން ފައިލްކޮށް ބެލެހެއްޓުން.

4- ރަށުގެ ދިރިއުޅުމަށް ބަންޑާރަ ގޯތި ދިނުމުގެ މަސައްކަތް ކުރުމާއި ބިންބިމާއި ގުޅިގެން ކުރާ އެންމެހާ މުއާމަލާތްތަކާއި ގުޅޭ މަސައްކަތް ކުރުން. އަދި ބަނދަރު، މަގުމަތީގައި ޤަވާއިދާއި ޚިލާފަށް މުދަލާއި ތަކެތި ބެހެއްޓުން ހުއްޓުވައި، އިޖްތިމާޢީ ގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި މައްސަލަތަކަށް ހައްލު ހޯދައިދިނުން.

5- ރަށުގައި ތިބި އަރުވާލާ މީހުންނާއި  ބަންދުގައި ތިބޭ މީހުންނާއި އަދި ރަށުން ބޭރަށް ހުކުމް ކޮށް އަރުވާލާ ގޮތަށް ހުކުމްކޮށްފައި ތިބޭ މީހުންގެ ރެކޯޑްތައް ލިޔެ ބެލެހެއްޓުމާއި ކަމާއިބެހޭ އިދާރާތަކަށް މިފަދަ މީހުންގެ މަޢުލޫމާތައް ފޮނުވުމާއި އެފަރާތުން އަންގާ ގޮތެއްގެ މަތިން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

6- ސައި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކާއި ބެހޭ ގޮތުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތައް ބަލައި އެކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

7- ގުދުރަތީ ކާރިސާތަކާއި ގުޅިގެން ޑިޒާސްޓާރ މެނޭޖްމަންޓަށް ފޮނުވަންޖެހޭ ރިޕޯޓްތައް ސެކެރެޓަރީ ޖެނެރަލްގެ މަޝްވަރާގެލަފާގެ މަތިން ހެދުމަށްފަހު ޤަވާއިދުން ފޮނުވުން.

8- ރަށްވެހިކަމުގެ ޚިދުމަތްތައް ކައުންސިލުން ދިނުމުގައި ހަދަންޖެހޭ ހުއްދަތައް ހަދައި ދޫކުރުމާއި ރައްވެހިކަމާއި ގުޅިގެން ކައުންސިލުން ހަދާ ޤަވާއިދުތަކާއި އުސޫލްތައް ހެދުމުގައި އިދާރީ ގޮތުން މަސައްކަތްކޮށް އެހީތެރިވެ ދިނުން. އަދި އެޤަވާޢިދު ތަކާއި އުޞޫލުތައް ތަންފީޒްކޮށް ނަގަހައްޓާ ދެމެހެއްޓުމަށް މަސައްކަތްކުރުން.

9- ސެކްޝަނަށް ލިބޭ ސިޓީ މެސެޖްތަކަށް ޤަވާއިދާއި އެއްގޮތަށް ތެދުމަޢުލޫމާތު އެއްކޮށް ސެކްޝަނަށް ލިބޭތާ 03 ދުވަހުގެ ތެރޭގައި ޖަވާބުދިނުން އަދި ކައުންސިލަށް ހުށަހަޅައިގެން ޖަވާބު ހޯދަންޖެހޭ ސިޓީ އަކަށް ވާނަމަ ކައުންސިލް ބިއުރޯ މެދުވެރިކޮށް ޖަވާބު ހޯދުމާއި އަދި ކައުންސިލް ބިއުރޯއިން ޖަވާބު ނުލިބި ލަސްވާނަމަ ކައުންސިލް ރައިސް އާއި ސެކެރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް އެކަން ގެނެސް ކައުންސިލުން ޖަވާބު ލިބޭތާ 02 ދުވަސް ތެރޭ ސިޓީ މެސެޖަށް ޖަވާބު ދިނުން.

10- ރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ދަފްތަރުކޮށް ބެލެހެއްޓުން އަދި ކަމާއި ބެހޭ ފަރާތްތަކަށް އެމަޢުލޫމާތު ޙިއްސާކުރުން.

11- މަގު ކޮނުމާއި މަގު ބަންދު ކުރުމާއި ބިމާއި ގުޅޭ ގޮތުން އެކި އެކި ފަރާތްތަކަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި މިފަދަ ކަންތައްތަކާއި ގުޅިގެން ހަދާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ދޫކުރުމާއި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކައުންސިލަށް ހުށަހެޅުން.

12- ދޮންވެލި ނެގުމާއި ކަށިވެލި ނެގުމާއިބެހޭ ގޮތުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި އަދި މިކަމާއި ގުޅިގެން އަންނަ ޝަކުވާތައް ބަލައި ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

13- ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

14- އައިޑީކާޑު ހަދައިދިނުމާއި ގުޅޭ ގޮތުން ކައުންސިލުން އެދޭ ޚިދުމަތްތައް ފޯރުކޮށް ދިނުން

15- ކައުންސިލްގެ ބޭނުމަށް އިދާރާއިން ކުރާ ދިރާސާތަކާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.

16- ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. ނުވަތަ،

 

2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ،ޑީ، ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ،ސެކަންޑްރީ ސްކޫލް، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ތަޢުލީމީ ރޮނގު:  ނެތް

ޕްރިފަރޑް ޑިސިޕްލިމް:  ނެތް

ކޯ ޑިސިޕްލިން:  ނެތް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން ދާއިރާ
  • މެނޭޖްމެންޓް ދާއިރާ

5%

އެސެސްމަންޓް (އިމްތިނާހު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 22 ޖެނުއަރީ 2024 އާއި 15 ފެބްރުއަރީ 2024 އާއި ދެމެދު، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަމްބަރ: 6640072 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ.

 

15 ޖަނަވަރީ 2024
ހޯދާ