ދިވެހިރާއްޖެ
އިޢުލާނު
|
|||||||||||
މަޤާމު: |
އެސިސްޓެންޓް ކައުންސިލް އޮފިސަރ |
||||||||||
މަޤާމުގެ ނަންބަރު: |
J-393001 |
||||||||||
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||
މަޤާމުގެ ރޭންކު: |
ޖީ،އެސް،3 |
||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ. / ކ. ގުރައިދޫ |
||||||||||
މުސާރަ: |
-/4465ރުފިޔާ |
||||||||||
ސަރވިސް އެލަވަންސް: |
-/1500ރުފިޔާ |
||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 2- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން 3- ރަށުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގަމުންގެންދާ އެންމެހާ ޕްރޮޖެކްޓް ތަކުގެ މަޢުލޫމާތު އެއްކޮށް، އެކަންކަން މޮނިޓަރކޮށް ބަލަހައްޓައި އެކަމަކާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކަށް އެއްބާރުލުންދީ އަދި އެކަންކަމާއި ގުޅިގެން ކައުންސިލުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން 4- ރަށުގެ ތަރައްޤީއަށް ކައުންސިލް އިދާރާ މެދުވެރިކޮށް ހިންގާއެކިއެކި ޕްރޮޖެކްޓްތަކާއި ކައުންސިލް އިދާރާއިން ރާވާ ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގުމާއި މި ޕްރޮޖެކްޓަކުގެ މަސައްކަތަށް ބޭނުންވާ ތަކެތީގެ ބީއޯކިއު ހަދައި އެތަކެތި ޕްރޮކިއުމަންޓް ސެކްޝަން މެދުވެރިކޮށް ހޯދުމާއި މަސައްކަތުގެ ރިޕޯޓްތައް ހަދާ ކަމާއިބެހޭ އިދާރާތަކަށް ފޮނުވުން 5- ކައުންސިލުން ހިންގާ އެކިއެކި ޕްރޮޖެކްޓް ތަކާއި ގުޅިގެން ކުރަންޖެހޭ ކުރެހުންތަކާއި އެއްގޮތަށް އެކަމެއް ކުރުމަށްދާނެ ޚަރަދު ތަކުގެ މަށްޗަށް ބަލައި ތައްޔާރުކުރަންޖެހޭ ޑިޒައިން ޑްރޯވިން އަދި ބިލް އޮފް ކްއެންޓިޓީ ތައް ތައްޔާރުކޮށްހެދުން 6- ޔުނިޓަށް ލިބޭ ސިޓީ މެސެޖްތަކަށް ޞައްޙަ މަޢުލޫމާތު އެއްކޮށް ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެ ފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން. އަދި ކައުންސިލް އިދާރާގެ އެކްޝަން ޕްލޭނާއި އެސްއޯޕީތަކާއި އެއްގޮތަށް މަސައްކަތްކުރުން 7- ރަށުގެ އިޤްތިޞާދީ އަދި ތަރައްޤީގެ ޕްރޮޖެކްޓްތަކާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން 8- ޕީ އެސް އައިޕީގެ ހިމަނައިގެން ރަށުގެ ތަރައްޤީއަށް އެކުލަވާލަންޖެހޭ ޕްރޮޖެކްޓްތަކުގެ ޕްލޭނާއި ބީ.އޯކިއު އެކުލަވާލައި ހުށަހަޅަންޖެހޭ މުއްދަތަށް ހުށަހެޅުމާއި، އަދި އެފަދަ ޕްރޮގްރާމްތައް ތަންފިޒް ކުރުމާއި މޮނިޓަރ ކުރުމާއި ރިޕޯރޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން 9- ރަށުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބްރޭންޑް ކުރުމަށްޓަކައި ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލުން ކަނޑައަޅާ ކަންކަން ކުރުން 10- ރަށުގެ އެންމެހާ ޗާޓުތައް އަދާހަމަކޮށް ބެލެހެއްޓުމާއި، ފޫޓް އަޅަންޖެހޭ ތަންތަނާއި ބިންތަކުގައި ފޫޓް އަޅައި، މިންތަކާއި އެއްގޮތަށް ރަށުގެ ޗާޓް ތައްޔާރުކޮށް ފޮނުވަން ޖެހޭ އިދާރާތަކަށް ފޮނުވައި، ބެލެހެއްޓުމާއި ރަށުގެ އެންމެހާ ބިންތަކުގެ ދަފްތަރު އެކުލަވާލާ، އެކަމާއި ގުޅުންހުރި އެންމެހާއިކަންކަންކުރުމާއި ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން ބިމުގެ ދަފްތަރުގެ މަޢުލޫމާތު ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ފޮނުވާ އަދާހަމަކޮށް ބެލެހެއްޓުން 11- ލޯކަލް ގެސްޓްހައުސްއެއް ހެދުމަށް ބޭނުންވާ ފަރާތްތަކުން އެދުމާއެކު ކައުންސިލްގެ މަޝްވަރާގެ މަތީން ކައުންސިލުން އިޢްތިރާޟް ނުކުރާކަމުގެ ލިޔުން ދޫކުރުމަށްފަހު ނިންމަމުންދާ ގެސްޓްހައުސްތައް، މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކަޑައަޅާ އަންގަވާ ގޮތެއްގެމަތީން އިންސްޕެކްޓްކޮށް، ކަމާގުޅޭ ރިޕޯޓްހަދާ މިނިސްޓްރީ އަށް ފޮނުވާ، ރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ ދަފްތަރު ޤަވަޢިދުން ބަލަހައްޓާ ޤަވާޢިދާ ޚިލާފަށް އެއްވެސް ގެސްޓްހައުސްއެއް ހިންގަމުން ދޭތޯ ބަލާ މޮނީޓަރ ކުރަމުން ގެންދިޔުމާއެކު އެފަދަ ތަނެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ކައުންސިލާ ސެކެޓްރީޖެނެރަލްއަށް އިންފޯމްކުރުން 12- ރަށުގައި ހިންގާ ވިޔަފާރިތަކަކީ ކޮބައިތޯ ބެލުމުގެ ގޮތުން 3 މަހުން 3 މަހުން ރަށުތެރެއަށް ނިކުމެ އެ ވިޔަފާރިއެއް ކުރަނީ ކަމާގުޅުން ހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެންތޯ ބެލުމާއި، ޤަވާޢިދާ ޚިލާފަށް ވިޔަފާރިއެއް ކުރާނަމަ، އެފަރާތްތަކަށް އެކަން އެންގުމާއެކު ކައުންސިލްގެ ސަމާލްކަމަށް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ، ކަމާގުޅުންހުރި އިދާރާތަކަށް އަންގަމުން ގެންދިޔުން 13- ވިޔަފާރި އުޞޫލުން ބިމެއް ހޯދުމަށް އެދޭ ފަރާތްތަކުން ހުށަހަށާ މައްސަލަތައް ކައުންސިލްގެ ޖަލްސާއަށް ހުށަހަޅައި ބިމާއި ބެހޭގޮތުން ކައުންސިލުން ނިންމާ ނިންމުމާއި އެއްގޮތަށް ބިން އެއްވެސް ފަރާތަކަށް ދޫކުރުމަށް ނިންމާފިނަމަ ބިމުގެ ޗާޓެއް ކުރަހާ ކައުންސިލާ ޙިއްސާކޮށް އަތޮޅުކައުންސިލް މެދުވެރިކޮށް އެކަމުގެ ހުއްދަހޯދައި އެ ހުއްދަ ލިބުމުން އެއްބަސްވުމެއް ތައްޔާރުކޮށް ދެފަރާތުން ސޮއިކޮށް ވިޔަފާރި އުސޫލުން ދޫކުރެވިފައިވާ ބިމެއްނަމަ އެބިމަކަށް ކަނޑައެޅިފައިވާ ކުލި ނެގުމަށް ބަޖެޓް ސެކްޝަނަށް އަންގާ، ޤަވަޢިދުތަކާއި އެއްގޮތަށް އެބިން ބަލަހައްޓަމުން ގެންދިޔުން 14- ރަށުގައި ހިންގާ އެންމެހައި ގާޑިޔަލުގެ ވިޔަފާރިތަކުގެ އެގްރިމެންޓްތައްހަދައި ބިންދޫކުރުމާއި ޤަވާއިދުގެ ތެރެއިން މިވިޔަފާރިތައް ކުރިއަށް ދޭތޯ ބަލާ ޗެކްކުރުން 15- ރަށުގެ ބިމާއި، ފަޅާ، ފަރު ހެޔޮގޮތުގައި ރައްޔިތުންނަށް މަންފާހުރި ގޮތަށް ބޭނުން ކުރުމަށްޓަކައި ކައުންސިލުންހަދާ ޤަވާޢިދުތަކާއި އަދި އުސޫލުތަކާ އެއްގޮތަށް އެކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން 16- ރަށުގެ ގެސްޓްހައުސްތައް ޓޫރިޒަމް މިނިސްޓްރީއިން އަންގާ ގޮތުގެ މަތިން އިންސްޕެކްޓްކުރުމާއި، ރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ ދަފްތަރު ބެލެހެއްޓުމާއި، ޤާނޫނާއި ޤާވާޢިދާއި އެއްގޮތްވާގޮތުގެމަތިން އެފަދަ އެންމެހައި ތަންތަނުގެ ލިޔެކިޔުންތަކައި ރެކޯޑުތައް ބެލެހެއްޓުމާއި، ދޫކުރަންޖެހޭ އެންމެހާއި ލިޔުންތަށް ދޫކުރުން |
||||||||||
މަޤާމުގެ ޝަރުޠުތައް: |
1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. ނުވަތަ،
2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ،ޑީ، ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ،ސެކަންޑްރީ ސްކޫލް، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. |
||||||||||
ގުޅޭ ވަޒީފާގެ ދާއިރާތައް: |
ތަޢުލީމީ ރޮނގު: ނެތް ޕްރިފަރޑް ޑިސިޕްލިމް: ނެތް ކޯ ޑިސިޕްލިން: ނެތް |
||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ.
|
||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 22 ޖެނުއަރީ 2024 އާއި 15 ފެބްރުއަރީ 2024 އާއި ދެމެދު، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.
|
||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަމްބަރ: 6640072 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.
|