ދިވެހިރާއްޖެ
އިޢުލާން
މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ކަސްޓަމްސް ބިލްޑިންގގެ ޢިމާރާތުގެ އިންޓީރިއާއަށް ބައެއް ބަދަލު ގެންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-A3/1/2015/16 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 13:30 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
6 ޖުމާދަލްއާޚިރާ 1436