ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ގއ.ކޮލަމާފުށި ޕްރޮޖެކްޓް ސައިޓުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ސެކިއުރިޓީ ގާޑް |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސަޕޯޓް ސްޓާފް - ގްރޭޑް 5 |
އަސާސީ މުސާރަ: |
މަހަކު -/3500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް |
- އެހެނިހެން އެލަވަންސް : -/4500 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ގއ.ކޮލަމާފުށި ޕްރޮޖެކްޓް ސައިޓު. |
ފެންވަރު ނުވަތަ ޝަރުތު: |
ޞިއްޙަތު ރަނގަޅު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- މަސައްކަތްކުރާ ސައިޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން. - މަސައްކަތްކުރާ ސައިޓްތަކަށް ވަދެ ނުކުމެހަދާ މުވައްޒަފުންނާއި އުޅަނދު ފަހަރުގެ ހަރަކާތްތަށް މޮނިޓަރކޮށް ބެލެހެއްޓުން. - ސައިޓަށް ނުވަތަ ސައިޓްގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގެއްލުމެއް ލިބިދާނެކަމެއް ފާހަގަވާނަމަ އެކަމެއް އެންގުން. - ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުން. - ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން. |
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 17 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ/ފެބްރުއަރީ މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
02 ރަޖަބް 1445
14 ޖަނަވަރީ 2024