ދިވެހިރާއްޖެ
އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމާއި ގުޅޭ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 2024 ޖަނަވަރީ 14 އިން 2024 ފެބްރުވަރީ 01 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.
ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 2024 ފެބްރުވަރީ 01 ވަނަދުވަހުގެ 13:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި މިތާރީޚުގެ ފަހުން ހުށަހަޅުއްވާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ކައުންސިލް އިދާރާއިން 14 ޖަނަވަރީ 2024 ން ފެށިގެން ރަސްމީގަޑީގައި ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.