އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާ ގުޅޭ

                                                       ނަންބަރު: (IUL)345-CAA/345/2024/2

 

އިޢުލާން

  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމާ ގުޅޭ:

 

                  ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، 14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024 ގެ 13:00 އަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  މި ފޯމް ހުށްއަޅަންވާނީ 2021 އަދި 2022 ވަނަ އަހަރު ދަފްތަރުގައި ތިބި ފަރާތްތައް ރިވިއުކުރިއިރު ފޯމް ހުށނާޅާ ތިބި ފަރާތްތަކުންނެވެ. ރިވިއު މުއްދަތުގައި ފޯމް ހުށައެޅި ފަރާތްތައް މި މުއްދަތުގައި ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ.     

                 "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރިވުމަށް އެދޭ ފޯމް" މިއަދުން ފެށިގެން މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024  ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ރަސްމީ ގަޑިތަކުގައި މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ