މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން!

މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ނީލަންކިއުމަށް، މިކޯޓުންކުރެވުނު ނަންބަރު E7C-A/2024/01 އިޢުލާނާއިގުޅިގެން އެއްވެސްފަރާތަކުން އެނީލަމުގައިި ބައިވެރިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ދުވަހު ނީލަމުގެ އުޞޫލުން 18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި އެތަކެތި މިކޯޓުގެ ގޯތިތެރޭގައި ނީލަން ކިއުން އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 17 ޖެނުއަރީ 2024 ބުދަ ދުވަހުގެ 13:30 އަށް މިކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު ތަފްސީލް ލިސްޓް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bandeyripay.finance.gov.mvމެދުވެރިކޮށް ދެއްކުމަށްފަހު 18 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން އެތަކެތި ގެންދަންވާނެއެވެ. އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އެތަކެތި އަލުން ނީލަން ކިޔޭނެއެވެ. އަގުއަދާކުރުމަށްފަހު މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި މިކޯޓުގެ ފަރާތުން އަލުން އިއުލާންކޮށް ނީލަން ކިއުން ނުވަތަ ކުނީގެ ގޮތުގައި ނައްތައިލެވޭނެއެވެ. 

14 ޖަނަވަރީ 2024
ހޯދާ