ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ ފަރުނީޗަރ ގަތުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/79) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮލިފައިވެފައިވަނީ ދެފަރާތް ކަމަށްވާތީ، މިތަކެތި ގަތުމަށް އަލުން އިޢުލާން ކުރީމެވެ.
96 މޭޒު
96 ގޮނޑި
ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
05 އެޕްރީލް 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް |
09 އެޕްރީލް 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
06 ޖުމާދަލްއާޚިރާ 1436