ދިވެހިރާއްޖެ
މިކުންފުނީގެ މުވައްޒަފުންގެ ޔުނިފޯމު ސަޕްލައިކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިކުންފުނިން ދައްކަވާ ނަމޫނާއާ އެއްގޮތަށް މުވައްޒަފުންގެ ޔުނިފޯމު ތައްޔާރުކޮށް ސަޕްލައިކޮށް ދެއްވުމަށް ކުރެވުނު މި ކުންފުނީގެ ނަންބަރު HPL/PRC/I-2015/02ފ(16 މާރިޗު 2015) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ 2 ފަރާތަކުން ކަމަށްވާތީ، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އެޕްރީލް 2015 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު 8546 688 އާ ގުޅުއްވުން އެދެމެވެ.
06 ޖުމާދަލްއާޚިރާ 1436