މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ކުއްޔައް ދޫކޮށްފައިވާ "ނަވަރަންނަ" އަދި "ސުވާސްތި" ދެ ބިމާއި ގުޅޭ ކައުންސިލްގެ ބަޔާން

މިކައުންސިލުގެ މިލްކިއްޔާތުގެ ދަށުގައި ހިމެނޭ [ސުވާސްތި] އަދި [ނަވަރަންނަ] އޭ ކިޔުނު ދެ ގޯއްޗަކީ، ގެސްޓް ހައުސް ތަރައްގީކުރުމުގެ ބޭނުމަށް އާންމު ފަރާތަކަށް ކުއްޔަށް ދޫކުރެވިފައިވާ ބިންތަކެކެވެ. އެގޮތުން، މި ދެބިމުގައި ގެސްޓްހައުސް ތަރައްގީކުރުމުގެ ބޭނުމަށް މި ކައުންސިލާއި ނ.ކުޑަފަރީ ލަންދޫގޭ ޢަބްދުލްމަޖީދު އިބްރާހީމްއާ ދެމެދު 01 ޖޫން 2013 ވަނަ ދުވަހު، މި ކައުންސިލްގެ ނަންބަރު ނަންބަރު D-288/AMIL/2013/06 އާއި ނަންބަރު   D-288/AMIL/2013/05 މި ދެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.

      ހަވާލާދެވުނު ދެ އެއްބަސްވުންވެސް އެކުލަވާލެވިފައިވަނީ ޓުއަރިޒަމްގެ ބޭނުމަށްކަމަށްވާތީ، ކަމާގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން، އެ ދެ އެއްބަސްވުން ޓްއަރިޒަމް މިނިސްޓްރީގެ ލަފާގެ މަތިން ޓުއަރިޒަމްގެ ބޭނުންތަކަށް ކުއްޔަށް ދޫކުރުމަށް އެކުލަވާލެވޭ ސްޓޭންޑާރޑް އެގްރިމެންޓްތަކަކަށް ބަދަލުކުރުމަށް ދެފަރާތުން މަޝްވަރާކޮށް އެއްބަސްވެވިފައިވެއެވެ.

      އަދި އެގޮތުގެ މަތީން އެއްބަސްވުންތައް ބަދަލުކޮށް އައު އެގްރިމެންޓްތަކުގައި ސޮއިކުރުމަށް ބިންތައް ކުއްޔަށްހިފި ފަރާތަށް ތަކުރާރުކޮށް ދެވުނު ފުރުސަތުގައި އެފަރާތުން އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވެއެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެފަރާތުން އިއުތިރާޒުކުރަމުންދާތީއާއި، އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހާޒިރުވުމަށް ކައުންސިލުން އެންގި އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާތީއާއި، އަދި އެކަމާ ގުޅިގެން އިތުރު ހުށަހެޅުމެއް ރަސްމީ ސިފައެއްގައި އެފަރާތުން ހުށަހަޅާފައިނުވާތީ، ހަވާލާދެވޭ ދެ އެއްބަސްވުން ޝަރުޢީ ކޯޓު މެދުވެރިކޮށް ބާތިލުކުރުމުގެ ގޮތުން ކޯޓަށް ހުށަހެޅުމަށް ކައުންސިލްގެ މި ދައުރުގެ 79 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ އެކަން ރައްޔިތުންނާ ހިއްސާކުރަމެވެ. އަދި މި މައްސަލާގައި ކައުންސިލްގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް މި އިދާރާއަށް ގާނޫނީ ކޮންސަލްޓެންސީ ފޯރުކޮށްދެމުންދާ ލެކްސަވީ ޗެމްބަރސް އެލްއެލްޕީގެ ފަރާތުންކަމުގައި ދަންނަވަމެވެ.

14 ޖަނަވަރީ 2024
ހޯދާ