އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫރިސްޓް ބީޗް ސަރަޙައްދުގައި އަމިއްލަ މީހެއްގެ އެއްވެސް މުދަލެއް ހުރިނަމަ ގެންދިއުމަށް އެންގުން:

        މިރަށުގެ  ދެކުނު ތުނޑީގައި މިކައުންސިލްގެ އިދާރާއިން ތަރައްޤީކޮށް ބަލަހައްޓަމުން ގެންދާ ޓޫރިސްޓް ބީޗް އިތުރަށް ތަރައްޤީކޮށް، ޓޫރިސްޓް ބީޗް ބޭނުންކުރާ ފަރާތްތަކުން ފީއެއް ނެގުމަށްޓަކައި މިކައުންސިލްގެ އިދާރާއިން ކުރަންޖެހޭ އެންމެހާއި މަސައްކަތްތަށް  މިހާރު މިގެންގެންދަނީ ކުރަމުންނެވެ.

          ވުމާއެކު، މިކައުންސިލްގެ އިދާރާއިން ތަރައްޤީކޮށް ބަލަހައްޓަމުން ގެންދާ ޓޫރިސްޓް ބީޗްގައި އަމިއްލަ ފަރާތެއްގެ މުދަލެއް ހުރިނަމަ އެމުދަލެއް 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެތަނުން ގެންދިއުމަށް ޢާއްމުކޮށް އަންގަމެވެ.

          ވީމާ، މުއްދަތު ހަމަވާއިރު ޓޫރިސްޓް ބީޗްގައިހުރި މުދަލަކީ، މިކައުންސިލް އިދާރާގެ މުދާކަމުގައި ނިންމާ އެހުރި މުދަލެއް މިއިދާރާގެ އިންވެންޓްރީގައި ރަޖިސްޓްރީ ކުރެވޭނެކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ. 

14 ޖަނަވަރީ 2024
ހޯދާ