ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުމާއި ގުޅޭ

          1445 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

           ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ފޯމު ބަލާގަތުމާއި، އަލަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފޯމް ދޫކުރުން، 2024 ޖަނަވަރީ 14، މިއަދުން ފެށިގެން 2024 ފެބުރުވަރީ 1 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އާ ދެމެދު މި ކައުންސިލުން ކުރިއަށްގެންދާނެއެވެ. އަލަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ފޯމް މިއިދާރާގެ ވެބްސައިޓުންވެސް www.uligan.gov.mv އިން ޑައުންލޯޑް ކޮށްލެވޭނެއެވެ.

           މިހެންމެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ