ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ދަނބިދޫ ސްކޫލްގެ 2023-2024 ވަނަ އަހަރަށް ކުރަންޖެހޭ މަރާމާތު

ޕްރޮޖެކްޓް ނަންބަރު: GS-190/2024/W-01

 ނަންބަރު :GS-190/2024/001

 

އިޢުލާނު

 

ދަނބިދޫ ސްކޫލްގެ 2023-2024 ވަނަ އަހަރަށް ކުރަންޖެހޭ މަރާމާތު

       ތިރީގައި މިވަނީ 2023-2024 ވަނަ އަހަރު މި ސުކޫލް ކުރަން ކޮންމެހެން ބޭނުންވެފައިވާ މަރާމާތުތައް:-

  • ފުރާޅުގެ ޓިނު ބަދަލުކުރުން ( ރެޑްބާނާ ހޯލް  )
  • ސީލިންގް އައުކުރުން ( ރެޑްބާނާ ހޯލް  )
  • ސްޓޭޖް ކުލާހު މުށިޖެހުން ( ރެޑްބާނާ ހޯލް  )
  • 2 ޕާޓިޝަން މަރާމާތުކޮށް އައުކުރުން ( ރެޑްބާނާ ހޯލް  )
  • އައުއިމާރާތުގެ ފެންލީކުވުމުގެ މައްސަލަ ހައްލުކުރުން

 

      މި މަރާމާތުތައް އަމިއްލަ ތަކެތީގަ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދަނބިދޫ ސްކޫލަށް ވަޑައިގެން މަޢުލުމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ކޮޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. އަދި ކޮޓޭޝަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

 

މަޢުލޫމާތު ސާފުކުރުން

ކޮޓޭޝަން ހުށަހެޅުން

22 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި ދަނބިދޫ ސްކޫލް

29 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގައި ދަނބިދޫ ސްކޫލް

 

    މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ކޮޓޭޝަން ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު  ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.

 

  

      މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ކޮޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޮޓޭޝަނެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަންބަރު 6800740 ށް ގުޅުއްވުމަށް ދަންނަވަމެވެ.

14 ޖަނަވަރީ 2024
ހޯދާ