މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހަނިމާދޫ ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 01 ވޭން ނީލަމުގައި ވިއްކުމާބެހޭ

      މިއޮފީހުގެ ހަނިމާދޫ ކަސްޓަމްސްގައި ބޭނުންކޮށްފައިވާ ވެހިކަލް ނީލަން ކިޔުން 23 ޖެނުއަރީ 2024 ވާ އަންގާރަ  ދުވަހުގެ ހެނދުނު 11:00ގައި ހަނިމާދޫ ކަސްޓަމްސް އޮފީހުގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

      ވީމާ، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތައް 23 ޖެނުއަރީ 2024 ވާ އަންގާރަ  ދުވަހުގެ ހެނދުނު 11:00އަށް ހަނިމާދޫ ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

 

      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖަނަވަރީ 2024
ހޯދާ