މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ގައި އަލަށް ރަޖިސްޓްރީކުރާން ހުޅުވައިލުން
2024 ޖަނަވަރީ 14، މިއަދުން ފެށިގެން 2024 ފެބުރުވަރީ 1 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ސަރކިއުލަ ނަންބަރ 496-A2/CIR/2024/1000 އިން ވަނީ ހުޅުވާލާފައެވެ.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ގައި އަލަށް ރަޖިސްޓްރީވާން އެދޭ ފޯމު، 2024 ޖަނަވަރީ 14، މިއަދުން ފެށިގެން 2024 ފެބުރުވަރީ 1 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އާ ދެމެދު މި ކައުންސިލްގެ ކައުންޓަރުން ލިބޭނޭ ވާހަކަ ދަންނަވަމެވެ.
ވީމާ މި ކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
14 ޖަނަވަރީ 2024
ހޯދާ