އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ބައި-އިލެކްޝަން (13 ޖަނަވަރީ 2024) - ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

(IUL)38-AC/38/2024/31 :ނަންބަރު

އިޢުލާން

މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2023/503 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށީގެ ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

ހިރިޔާ ސްކޫލް ހޯލުގެ މެދު

މިފޮށްޓަށްވޯޓުލާނީ މާލޭގެ ކޯރުކެނޑިމަގާއި އަމީނީމަގާއި ގުޅޭ ނުކުތާއިން ފެށިގެން ކޯރުކެނޑިމަގުން އުތުރަށް، އިސްކަންދަރުމަގުން ހުޅަނގަށް، ކޯރުކެނޑިމަގުން އުތުރަށް، އަލަމާގޯޅިން އުތުރަށް، މުއިވެޔޮމަގުން ހުޅަނގަށް، ޖަވާހިރުމަގުން ދެކުނަށް، އިސްކަންދަރުމަގުން ހުޅަނގަށް، ހިލާލީ މަގުން ދެކުނަށް، އަމީނީމަގުން އިރަށް ގޮސް އަމީނީމަގާއި ކޯރުކެނޑިމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި މާލޭގެ އިސްކަންދަރުމަގާއި ޖަވާހިރުމަގާއި ގުޅޭ ނުކުތާއިން ފެށިގެން ޖަވާހިރުމަގުން އުތުރަށް، ދަކަނދާމަގުން ހުޅަނގަށް، އުނިގަސްމަގުން ދެކުނަށް، ނަސީމީހިނގުމުން ހުޅަނގަށް، ގުލްހަޒާރުގޯޅިން ދެކުނަށް، އިސްކަންދަރުމަގުން އިރަށް ގޮސް އިސްކަންދަރުމަގާއި ޖަވާހިރުމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރިވެފައިވާ މީހުންނެވެ.

މާފަންނު ދެކުނު-1

T17.1

29

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

12 ޖަނަވަރީ 2024
ހޯދާ