މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެމް.ބީ.ބީ.އެސް/ބީ.ޑީ.އެސް ކިޔަަވަން ދިޔުމާ ބެހޭ

އެމް.ބީ.ބީ.އެސް/ބީ.ޑީ.އެސް ކިޔަވަން ދިޔުމާ ބެހޭ

މޯލްޑިވްސް މެޑިކަލް ކައުންސިލުން އެމް.ބީ.ބީ.އެސް/ބީ.ޑީ.އެސް ހެދުމުގެ ކުރިން ޕްރީ-މެޑިކަލް/ފައުންޑޭޝަން ކޯސް ހަދާ ދަރިވަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މިފަދަ ޕްރީ-މެޑިކަލް ކޯހަކީ އެމް.ބީ.ބީ.އެސް/ބީ.ޑީ.އެސް ހެދުމަށް ކްރައިޓީރިއާ ހަމަވާ ކޯހެއް ކަމުގައި ކައުންސިލުން ބެލެވޭނީ، އެމް.ބީ.ބީ.އެސް/ބީ.ޑީ.އެސް ފުރިހަމަކުރާ ޔުނިވަރސިޓީން ނިންމާ ޕްރީ-މެޑިކަލް/ފައުންޑޭޝަން ކޯހެއްކަމުގައިވާނަމައެވެ. އަދި ޕްރީ-މެޑިސިން/ފައުންޑޭޝަން ކޯހާއި އެމް.ބީ.ބީ.އެސް/ބީ.ޑީ.އެސް ކޯހަކީ އެޤައުމެއްގެ ސަރުކާރުން ނުވަތަ މެޑިކަލް ކައުންސިލުން ޤަބޫލުކުރާ އަދި ރަޖިސްޓަރީ ކުރެވޭ ކޯހެއް ކަމުގައި ވުމުންނެވެ.

ޔުކްރޭންގެ ޕްރީ-މެޑިކަލް ހަދަން ބޭނުންފުޅުވާ ދަރިވަރުންގެ ސަމާލުކަމަށް ދަންނަވަމެވެ. ޔުކްރޭނުގެ ޢާންމު ޙާލަތު މިވަގުތު ރަނގަޅު ކަމުގައިނުވުމުން، މިފަދަ ޤައުމުތަކަށް ކިޔަވަންދިޔުމަކީ ކައުންސިލުން ތަރުޙިބުދޭ ކަމެއްނޫން ކަމުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. ރަޝިޔާ/ޔޫކްރޭނުން ފުރިހަމަ ކުރާ ޕްރީ-މެޑިކަލް ކޯސްތައްވެސް ކައުންސިލުން ޤަބޫލުކުރާނީ މަތީގައި ދެންނެވިފައިވާ އުސޫލުގެ ދަށުންނެވެ.                                                                   

06 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015
ހޯދާ