އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
އިޢުލާން
                                އިޢުލާން
ގަވާއިދު ނަންބަރ 2022/R-181 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަކުރުމާއި ގަނެވިއްކުމާބެހޭ ގަވާއިދު ) ގެ ނަންބަރ 9 ގެ (ށ) މި މާއްދާގެ (ހ) ގެ ދަށުން އަގު ކަނޑައެޅުމުގައި އެއްފަހަރާ ފައިސާ ދައްކައިގެން އަމިއްލަ ކުރަންޖެހޭ ރޭޓާއި، އެކި ފަހަރުމަތިން ފައިސާ ދައްކާ އަމިއްލަކުރަން ދައްކަންޖެހޭ ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ އަގުތަށް ، އ.އ ފެރިދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 123 ވަނަ އާއްމު ޖަލްސާ އިން ވަނީ އިސްލާހު ގެނެވި ފާސްކޮށްފައެވެ.
ފާސްކޮށްފައިވާ ބަދަލުތައް:
- އެއްފަހަރާ ފައިސާ ދައްކާނަމަ އަކަފޫޓަކަށް -/50ރ (ފަންސާސް ރުފިޔާ)
 - އެކިފަހަރު މަތިން ފައިސާ ދައްކާނަމަ އަކަފޫޓަކަށް -/95ރ (ނުވަދިހަފަސް ރުފިޔާ)
 
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
             12 ޖަނަވަރީ 2024
            
        
                    ހޯދާ  
                
                