ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ޢައްޔަންކުރުން
މަޤާމުގެ ނަން: |
ސާޖަންޓް އެޓް އާމްސް |
ބޭނުންވާ ޢަދަދު: |
1 |
މަޤާމުގެ ޝަރުޠުތައް |
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ޢައްޔަންކުރާ މީހެއްގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު: |
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ އަންނަނިވި ކަންކަމަކީ ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
|
މަޤާމަށް ޢައްޔަންކުރުން: |
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހުންގެ ނަންތައް، މަޖިލީހުގެ ރައީސް މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ މާއްދާގެ ދަށުން، އެ މަޤާމަށް ޢައްޔަންކުރާނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވާ މީހެކެވެ. |
އަސާސީ މުސާރަ: |
32,000 (ތިރީސް ދެހާސް) ރުފިޔާ |
އެލަވަންސް/އިނާޔަތްތައް: |
- ލިވިންގ އެލަވަންސް: 4,000 (ހަތަރުހާސް ރުފިޔާ) - ފޯން އެލަވަންސް: 1,000 (އެއްހާސް ރުފިޔާ) - ޕާލިމަންޓަރީ ސަރވިސް އެލަވަންސް: 6,400 (ހަހާސް ހަތަރުސަތޭކަ ރުފިޔާ) |
ވީމާ، ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތުގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މަޢުލޫމާތު (ލިޔުމުން)، 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.