ދިވެހިރާއްޖެ
އިޢުލާނު
މ.ރަތްމަންދޫ "މަސްޖިދުއްނަހުޟާ" މިސްކިތު ފެންޑާގައި ހަރުކުރާނެ އެލްމެނިއަމް ދޮރުޖަހައި ރަށަށްގެނަސްދޭނެ ފަރާތެއް ހޯދުން.
މި ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށްމ.ރަތްމަންދޫ "މަސްޖިދުއްނަހުޟާ" މިސްކިތު ފެންޑާގައި ހަރުކުރާނެ އެލުމެނިއަމް ކުޑަދޮރު ޖަހައި ރަށަށް ގެނަސްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމައްއެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާބެހޭ މަޢުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 17 ޖަނަވަރީ 2024 ވަނަދުވަހު 10:00 ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ. އީމެއިލް މެދިވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން އީމެއިލް ކުރާނީ މިއިދާރާގެ [email protected] އަށެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށްހާޒިރުވެ އެކަމަށްކަނޑައެޅިފައިވާ ބައްދަލްވުމުގައެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުންވެސް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ގަޑިއަށް ކައުންސިލް އިދާރާއަށް ހާޟިރުވެގެންނެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު (2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅު މަށް ހާޒިރުވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެ އަސްލު ގެންނަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިވާ ފަރާތްތަކުން ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.