މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންދުނި ލާންޗުގެ 2 އިންޖީނު އޯވަރހޯލްކުރުމާއެކު އިތުރު ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން

މި އިދާރާގެ ( ރަންދުނި ) ލާންޗުގެ 2 އިންޖީނު އޯވަރހޯލްކުރުމާއެކު އިތުރު ބައެއް މަރާމާތުތައް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު IUL)228-DG/228/2015/10)ފ(17 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ، އަންދާސީހިސާބު ( ބިޑު ) ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ( ބިޑް ) ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

27 ޖުމާދަލްއާޚިރާ 1436

25 މާރިޗު 2015
ހޯދާ