މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ. މާފުށީ ޖަލުގެ ޔުނިޓް 01 ގެ ވިންގ 04 ގެ ސެލް 06 އިން 10 އާންމު ޖަލެއްގެ ގޮތުގައި ކަނޑައެޅުން
އިޢުލާން
ރިމާންޑް ޖަލެއްގެގޮތުގައި ބޭނުންކުރަމުންއަންނަ، ކ. މާފުށީ ޖަލުގެ ޔުނިޓް 01 ގެ ވިންގ 04 ގެ ސެލް 06 އިން 10 އަށް (05 ޖަލުގޮޅި) އަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތަނެއްކަމުން، 2024 ޖަނަވަރީ 08 ވަނަ ދުވަހުން ފެށިގެން، ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން މިސެލްތަކަކީ އާންމު ޖަލެއްގެ ގޮތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ތަންތަންކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގައި، އިޢުލާން ކުރީމެވެ.
11 ޖަނަވަރީ 2024
ހޯދާ