ދިވެހިރާއްޖެ
ނަންބަރު: GS-199/IUL-2024/01
ދާންދޫ ސުކޫލްގެ ދަރިވަރުން ބޭނުންކުރާ ފާހާނާތައް މަރާމާތުކުރުމާއި ގުޅޭ
މިސްކޫލުގެ ދަރިވަރުން ބޭނުންކުރާ ފާހާނާތައް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިވަނީއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުށަހެޅުމުގެ ބައްދަލުވުން |
17 ޖަނަވަރީ 2024 ވާ ބުދަ ދުވަހު 10:00 |
24 ޖަނަވަރީ 2024 ވާ ބުދަ ދުވަހު 10:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
11 ޖަނަވަރީ 2024
=އިދާރާ=