ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-396249

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. އަތޮޅު ހޮސްޕިޓަލް ފ. ނިލަންދޫ

މުސާރަ:

-/8835 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1100 ރުފިޔާ

3- ހެލްތު އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ)

4- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ހޮސްޕިޓަލްގެ މަސައްކަތްތަކާއި ގުޅޭގޮތުން އުފައްދާފައިވާ ކޮމެޓީތަކުގެ މަޝްވަރާތަކަށް ބޭނުންވާ ލަފާދިނުމާއި އެ ކޮމިޓީތަކުގެ އިދާރީ ކަންތައްތައް ބަލަހައްޓައި ހިންގުމާއި ކޮމެޓީތަކުގެ ނިންމުންތައް ތަންފީޒުކުރުން

2- ކޯޕަރޭޓް ސަރވިސް ސެކްޝަންގެ މަސައްކަތް، ޤާނޫނާއި ޤަވާއިދު އަދި ކަނޑައެޅިފައިވާ ޕްރޮސީޖަރތަކާއި އެއްގޮތަށް ރާވާ، ހިންގާ ބެލެހެއްޓުން.

3- މާލީ ހިސާބުތަކާއި ތައްޔާރުކުރަންޖެހޭ އެހެނިހެން ރިޕޯޓްތައް ޤާނޫނާއި ޤަވާއިދާއިއެއްގޮތަށް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވާފައިވޭތޯ ބަލައި ޗެކްކުރުން.

4- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމާއި ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅައި ބެލެހެއްޓުން

5- ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން.

6- ކުރާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް އެއިރަކު ހުންނަވާ އެންމެ އިސްވެރިއެއްގެ މަޝްވަރާގެ މަތިން ނިންމުން.

7- ސެކްޝަންތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގާ ބެލެހެއްޓުމުގައި ކުރަންޖެހޭ އިންތިޒާމްތައްކޮށް އެކަންކަން ރާވައި ހިންގުން.

8- މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކަށް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްވާ ގޮތުގެ މަތިން އިދާރީ އުސޫލުތައް އެކުލަވާލުމާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތަށް ގެނައުން.

9- މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އެކަންކަމަށް ވެރިންގެ ލަފަޔާއެކު އިންސާފު ގެނައުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމާއެކު ކަނޑައެޅިފައިވާ ތާރީޚްގައި އެޕްރައިޒަލް ފޯމް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.

10- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން.

11- ސިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.

12- ޕްރައިމަރީ ހެލްތުކެއަރގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލައި އެހީތެރިކަން ފޯރުކޮށްދިނުން

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމި ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ މަރސްޓަރސް ޑިގްރީއިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

* އެޑްމިނިސްޓްރޭޝަން

* ބިޒްނަސް އެޑްމިނިސްޓްރޭޝަން (ޕްރިފަރޑް)

* ބިޒްނަސް މެނޭޖްމަންޓް (ޕްރިފަރޑް)

* މެނޭޖްމަންޓް

* ޕަބްލިކް އެޑްމިނިސްޓްރޭޝަން (ޕްރިފަރޑް)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

* އެޑްމިނިސްޓްރޭޝަން

* މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

(އިދާރާއިން ބޭނުންނަމަ، ކްރައިޓީރިއާ ޓޭބަލް މިތަނުގައި ވަކިން ހިމެނިދާނެއެވެ. އަދި ކްރައިޓީރިއާގައި ހިމަނާފައިވާ ބައިތަކުގެ އިތުރުން އެހެން ބައެއް ހިމަނާނަމަ، އެ ކަން މި ބައިގައި ބަޔާންކުރަންވާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، ފ. އަތޮޅު ހޮސްޕިޓަލަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 24 ޖަނަވަރީ 2024 އާއި 28 ޖަނަވަރީ 2024 އާ ދެމެދު، މިހޮސްޕިޓަލްގައެވެ

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740086 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

11 ޖަނަވަރީ 2024
ހޯދާ