ދިވެހިރާއްޖެ
(IUL)38-AC/38/2024/22 :ނަންބަރު
އިޢުލާން
ފ. އަތޮޅު އަދި ވ. ފެލިދޫ ކައުންސިލްގެ ރައީސް އަދި ރ. ރަސްގެތީމުއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން
ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ
2024 ފެބުރުވަރީ 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.
ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން |
|||
ދާއިރާ |
ތަން |
ތާރީޚު އަދި ދުވަސް |
ގަޑި |
ފ. އަތޮޅު |
ފ. އަތޮޅު ކައުންސިލް އިދާރާ |
11 ޖަނަވަރީ 2024، ބުރާސްފަތި |
11:00 |
ވ. ފެލިދޫ |
ވ. ފެލިދޫ ކައުންސިލް އިދާރާ |
11 ޖަނަވަރީ 2024، ބުރާސްފަތި |
11:00 |
ރ. ރަސްގެތީމު |
ރ. ރަސްގެތީމު ކައުންސިލް އިދާރާ |
11 ޖަނަވަރީ 2024، ބުރާސްފަތި |
11:00 |
އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.