ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

ގދ.ހޯނޑެއްދޫ ބަންޑާރަ ބިމުން ދިރިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 2500 އަކަފޫޓުގެ 100 ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރެވުނު ނަންބަރު (IUL)417-IMS/417/2023/95 އިޢުލާންގައި އަދި ގޯތި ދޫކުރުމުގެ އުޞޫލުގައި ރަނގަޅުކުރަން ހުރި ބައެއް ކަންތައްތައް ރަނގަޅުކުރުމަށްޓަކައި އެއިޢުލާން ބާތިލްކޮށް، އިޢުލާނާއި އުޞޫލު އިސްލާޙްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ޢިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ އުތުރުންނާއި އަތުނަރުމަގުގެ އިރުދެކުނުފަރާތުގެ މިއިޢުލާނާއި އެކުގައިވާ ޗާޓާއި ފޮޓޯގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދުންނެވެ.

ގދ.ހޯނޑެއްދޫ އިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް؛

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. ޢުމުރުން 18 އަހަރު ވެފައިވުން.( ގޯތި ދޫކުރަން ޢިއުލާނުކުރާ ތާރީޚާ ހަމަޔަށް 18 އަހަރު ވެފައިވުން)
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  4. ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަލިބިފައިވާ ބަޔެއް ދިވެހިރާއްޖޭގެ ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ގަވާޢިދު ގައިވާ ގޮތުގެ މަތިން ދޫކޮށްލުން. (ދޫކޮށްލާ ނަމަ ދޫކޮށްލާނެ ކަމުގެ އިގްރާރު ފޯމާއި އެކު ހުށަހަޅަންވާނެއެވެ.)
  5. ސަރުކާރުން ހަދާފައިވާ އިމާރާތެއް، ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ތަންދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.
  6. އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެ މީހަކަށް ޝަރުއީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، އެ މީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމެޓީއަށް ފެނުން.

ވީމާ،މިރަށުން ގޯއްޗަށް އެދޭ، މަތީގައި ދެންނެވި ޝަރުތު ހަމަވާ ފަރާތަތަކުން ގޯއްޗަށް އެދޭ ފަރާތުގެ އައިޑީ ކާޑް ނަންބަރު އެނގެނޭ ރަސްމީ ލިޔުމެއް ހިއްޕަވައިގެން މި އިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ގޯއްޗަށް އެދޭ ފަރާތުގެ އައިޑިކާޑް ނަންބަރު އެނގޭނޭ ރަސްމީ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

 މި އިޢުލާނާއެކު ގޯތި ދިނުމުގެ ޢުސޫލާއި، އިޢުލާން އަދި ގޯތި ދިނުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ކުރެހުން މިކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840015 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 ފެބްރުވަރީ 29  ވަނަ ދުވަހުގެ 14:00 ގެ ކުރިން  މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުންނާއި، މިއިޢުލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެވެ. 

ވީމާ، މިރަށުން ގޯއްޗަށް އެދޭ މަތީގައި ދެންނެވި ޝަރުތު ހަމަވާ ފަރާތަތަކުން ގޯއްޗަށް އެދޭ ފަރާތުގެ އައިޑީ ކާޑް ނަންބަރު އެނގެނޭ ރަސްމީ ލިޔުމެއް ހިއްޕަވައިގެން މި އިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ގޯއްޗަށް އެދޭ ފަރާތުގެ އައިޑިކާޑް ނަންބަރު އެނގޭނޭ ރަސްމީ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

 މި އިޢުލާނާއެކު ގޯތި ދިނުމުގެ ޢުސޫލާއި، އިޢުލާން އަދި ގޯތި ދިނުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ކުރެހުން މިކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840015 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 ފެބްރުވަރީ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން  މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުންނާއި، މިއިޢުލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖަނަވަރީ 2024
ހޯދާ