ދިވެހިރާއްޖެ
ރާއްޖޭގެ ދެކުނުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެސްޓީއޯ ހުޅުމީދޫ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާއަށް ބައެއް ބަދަލުތައް ގެނައުމަށް އިޢުލާނު ކުރެވުނު މިކޯޓުގެ ނަންބަރު IUL)197-A1/1/2015/6) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން މިކޯޓަށް ނުވަތަ ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކޯޓަށް ނުވަތަ ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.
06 ޖުމާދަލްއާޚިރާ 1436