ދިވެހިރާއްޖެ
މި އިޢުލާންވަނީ 10 ޖަނަވަރީ 2024 15:01 ގައި ބާތިލް ކުރެވިފައެވެ.
ގދ.ހޯނޑެއްދޫ ބަންޑާރަ ބިމުން ދިރިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 2500 އަކަފޫޓުގެ 100 ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހޯނޑެއްދޫގެ ރައްޔިތުންނަށް ހުޅުވާލަމެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ޢިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ އުތުރުންނާއި އަތުނަރުމަގުގެ އިރުދެކުނުފަރާތުގެ (މި ޕއިޢުލާނާއި އެކުގައިވާ ޗާޓާއި ފޮޓޯގައި ފާހަގަ ކުރެވިފައިވާ) ސަރަޙައްދުންނެވެ.
ގދ.ހޯނޑެއްދޫ އިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް؛
- ދިވެހިރައްޔިތެއް ކަމުގައިވުން.
- ޢުމުރުން 18 އަހަރު ވެފައިވުން.( ގޯތި ދޫކުރަން ޢިއުލާނުކުރާ ތާރީޚާ ހަމަޔަށް 18 އަހަރު ވެފައިވުން)
- ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
- އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން. ނުވަތަ ލިބިފައިވާ މިފަދަ ބައެއް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ދޫކޮށްލުން.
- ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
- އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން، ނުވަތަ މިފަދަތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
- ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެގޯއްޗަކާމެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނާކޮމިޓީއަށް ފެނުން.
ވީމާ،މިރަށުން ގޯއްޗަށް އެދޭ، މަތީގައި ދެންނެވި ޝަރުތު ހަމަވާ ފަރާތަތަކުން ގޯއްޗަށް އެދޭ ފަރާތުގެ އައިޑީ ކާޑް ނަންބަރު އެނގެނޭ ރަސްމީ ލިޔުމެއް ހިއްޕަވައިގެން މި އިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ގޯއްޗަށް އެދޭ ފަރާތުގެ އައިޑިކާޑް ނަންބަރު އެނގޭނޭ ރަސްމީ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.
މި އިޢުލާނާއެކު ގޯތި ދިނުމުގެ ޢުސޫލާއި، އިޢުލާން އަދި ގޯތި ދިނުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ކުރެހުން މިކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840015 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 ފެބްރުވަރީ 05 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުންނާއި، މިއިޢުލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެވެ.
ވީމާ، މިރަށުން ގޯއްޗަށް އެދޭ، މަތީގައި ދެންނެވި ޝަރުތު ހަމަވާ ފަރާތަތަކުން ގޯއްޗަށް އެދޭ ފަރާތުގެ އައިޑީ ކާޑް ނަންބަރު އެނގެނޭ ރަސްމީ ލިޔުމެއް ހިއްޕަވައިގެން މި އިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ގޯއްޗަށް އެދޭ ފަރާތުގެ އައިޑިކާޑް ނަންބަރު އެނގޭނޭ ރަސްމީ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.
މި އިޢުލާނާއެކު ގޯތި ދިނުމުގެ ޢުސޫލާއި، އިޢުލާން އަދި ގޯތި ދިނުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ކުރެހުން މިކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840015 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2024 ފެބްރުވަރީ 05 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުންނާއި، މިއިޢުލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.