ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
1 ސްކޫލް ސެކިއުރިޓީ 01 ފެބްރުއަރީ 2024 އިން ފެށިގެން 31 ޖަނަވަރީ 2025 ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިޕްރޮޖެކްޓުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޖަނަވަރީ 10 ން 2024 ޖަނަވަރީ 17 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް އިސްދޫ ސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
3 އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް،(ޚިދުމަތްދޭ ފަރާތުގެ ނަން / މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން / މޯބައިލް ފޯނު ނަންބަރު / އިޢުލާނު ނަންބަރު) ހިމަނުއްވާ ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
އީ-މެއިލް: [email protected]
4 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖަނަވަރީ 17ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޖަނަވަރީ 18 ވަނަ ދުވަހުގެ 11:00 ގައި އިސްދޫ ސްކޫލުގެ އޮފީހުގައެވެ.
6 މިމަސައްކަތަށް ހުށަހަޅާ އަގު ( އެއް އަހަރުދުވަހަށް ) -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ
8 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިސްދޫ ސްކޫލް އިދާރީ ސެކްޝަން
ފޯން ނަންބަރ 6800562 / 9630030
މެއިލް: [email protected]
28 ޖުމާދަލްއާޚިރް 1445
10 ޖަނަވަރީ 2024