ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ޓްރައިބިއުނަލް އޮފިސަރ
އަދަދު: 01
މުސާރަ: -/6،295 ރުފިޔާ
ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
ނޮން-ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %45
މަޤާމުގެ މަސްއޫލިއްޔަތު: ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑު ބެލެހެއްޓުމާއި، މައްސަލަތައް ހަލުވިކަމާ، ފުރިހަމަކަމާއެކު ބަލައި ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ ކަންތައްތައް ކުރުން. އަދި ޓްރައިބިއުނަލްގެ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ އިދާރީ ސަޕޯޓް ދިނުން.
ފެންވަރު ނުވަތަ ޝަރުޠު:
- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ،
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އެޑްވާންސް ސެޓްފިކެޓްއިން ޝަރީޢާ ހާސިލުކޮށްފައިވުން.
- ކޮންޓްރެކްޓުގެ މުއްދަތުގައި ޚިދުމަތުގެ ފެންވަރަށް ބަލައި، ޓްރައިބިއުނަލަށް ފެންނަނަމަ ވަޒީފާ ދާއިމީ ކުރެވިދާނެއެވެ.
- މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
ވީމާ، މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން 07 އެޕްރީލް 2015 ވާ އަންގާރަދުވަހުގެ މެންދުރުފަހު 13:30ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސެޓްފިކެޓް ލެވެލްއިން ފެށިގެން މަތީގެ ސެޓްފިކެޓުތައް ހުންނަންވާނީ އެކްރިޑޭޓް ކުރެވިފައެވެ. މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
06 ޖުމާދަލްއާޚިރާ 1436