ދިވެހިރާއްޖެ
އިޢުލާން
ކުނިމެނޭޖްކޮށް ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
ލ. ކުނަހަންދޫ ކައުންސިލުން ކުނިނެގުމަށް ހަމަޖައްސައިވާފައިވާ ތަންތަނުން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސް ކުނިމެނޭޖްކޮށް ކުނިކޮށި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީލަންހުށަހެޅުމުގެ ފުރުޞަރު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2024 ޖެނުވަރީ 18 ވަނަ ދުވަހުގެ 13:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަށް ފޯމާއެކު -/200 ( ދުއިސައްތަ ރުފިޔާ) ގެ ފީއެއް ދައްކަންވާއެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2024 ޖެނުވަރީ 18 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ޖެނުވަރީ 23 ވަނަ ދުވަހުގެ 13:00ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާންކުރީމެވެ.
28 ޖުމާދަލްއާޙިރު 1445
10 ޖަނަވަރީ 2024