ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

ކުރިން ކޮށްފައިވާ އިއުލާން ނަންބަރ:  60 އޭޑީއެމް/2023 /363 އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން އެސްޓީއޯ ގައި ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލަން އިއުލާން ކުރަމެވެ. ވީމާ މިތަކެތި ނީލަމުގައި ގަންނަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ތަންތަނަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށައެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަންނޯޓްކުރައްވާ ފަރާތްތަކުން ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ.

ހާޒިރުވާންވީ ތަން

ގަޑި

މަޢުލޫމާތު ސާފުކުރުން

އަގުހުށަހެޅުން

އެސްޓީއޯ ތ. މަޑިފުށި ފާމަސީ

 

10:00

 

15/01/2024

 

16/01/2024

އެސްޓީއޯ ތ. ދިޔަމިގިލި ފާމަސީ

އެސްޓީއޯ ތ. ވަންދޫ ފާމަސީ

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކަށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު އަގު އަދާކުރެއްވި ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ މިފަދަ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަވެސް ދެންނެވީމެވެ.

09 ޖަނަވަރީ 2024
ހޯދާ