ދިވެހިރާއްޖެ
މިވުޒާރާގެ ހުޅަނގު ވިންގްގެ އިންޓީރިއަރ ޑިޒައިންކޮށް ރިނޮވޭޝަން މަސައްކަތް ސުޕަވައިޒް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑަށް ރެޖިސްޓަރ ކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާ އެއްގޮތަށް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑަށް ރެޖިސްޓަރ ކުރެއްވުމަށް ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުއްވައި، 16 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.
https://forms.gle/9JThh4AhQ9K8BAaG8
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސެޝަން |
16 ޖަނަވަރީ 2024 (އަންގާރަ) |
11:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަން ހުށަހެޅުން/ހުޅުވުން |
22 ޖަނަވަރީ 2024 (ހޯމަ) |
11:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު އަދި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމަށް ރެޖިސްޓަރ ކުރައްވާ ފަރާތްތަކާއި އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 21 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.