ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައި މަސައްކަތްކުރާނެ ޕޫލް މުވައްޒަފުން ހޯދުމަށްޓަކައި 27 ޑިސެމްބަރ 2023 ގައި މިއިދާރާއިން ކުރި، ނަންބަރ: (IUL)253-CAA/253/2023/81ގެ އިޢުލާނުގައިވާ މަސައްކަތު މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި ޝީޓްގައިވާ މަޢުލޫމާތާ ގުޅިގެން ނުވަތަ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ހުށަހެޅުމަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ 09 ޖަނަވަރީ 2024 ވަނަ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.