ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން

ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015

ކ. ތިލަފުށި މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015ގެ ދަށުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އިޢުލާން TCL/TA/2015/004 ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

  • ތިލަފުށި-1 (އެކެއް) ގައި ޓީ-ޖެޓީއާ ދިމާއަށް ލޭންޑިންގ ކްރާފްޓް ޖެއްސޭގޮތަށް ރޭމްޕެއް ހެދުން.
  • ރޭމްޕާ އިންވެގެންވާ ސަރަޙައްދުގައި 80 މީޓަރަށްވުރެ ދިގު ފެންސެއްޖެހުން.
  • ތިލަފުށި-1 (އެކެއް) ގެ ދެ ބަނދަރެއްގެ ކީވޯލްގެ ހަލާކުވެފައިވާ ދެސެކްޝަން ހަދައި މަރާމާތުކުރުން.
  • ޓީ-ޖެޓީގެ ޝީޓްޕައިލް ކުރެވިފައިވާ ސަރަޙައްދުގައި މިވަގުތު ކެޕިން ނުލެވި ހުރި ސަރަޙައްދުގައި ކެޕިން ލުން.

ވީމާ، މެރިން އިންފްރާސްޓްރަކްޗަރ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް 2015 ގެ ދަށުން މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ޢާންމުކޮށް އިޢުލާންކުރަމެވެ.

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބީލަން ފޮތަށް ފައިސާ ދެއްކުން

ޓީސީއެލް ހެޑްއޮފީސް

05 ދުވަސް (ރަސްމީ)

30 މާރިޗު 2015 އިން 05 އެޕްރީލް 2015 އަށް

08:30 އިން 13:00

ބީލަން ފޮތް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

ހޯމަ

06 އެޕްރީލް 2015

09:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ އަދި ސައިޓު ބެލުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

09 އެޕްރީލް 2015

10:00 ގައި

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

15 އެޕްރީލް 2015

10:00 ގައި

  • ބީލަން ފޮތުގެ އަގަކީ -/1000 ރުފިޔާ (އެއްހާސް ރުފިޔާ) އެވެ.
  • ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000 ރުފިޔާ (ފަސްހާސް ރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ 90 ދުވަހެވެ.
  • ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި ޖުމްލަ އަގުގެ %2.5 (ދެއެއް ޕޮއިންޓް ފަހެއް އިންސައްތަ) ދައްކަންވާނެއެވެ.
  • ބިޑް ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ % 15 (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ބީލަންފޮތް ބައްލަވައިގަންނަ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ