އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ބައި-އިލެކްޝަން (13 ޖަނަވަރީ 2024) - ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

(IUL)38-AC/38/2024/15 :ނަންބަރު

އިޢުލާން

މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2023/503 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު  އިންތިޚާބު ކުރުމަށް ބާއްވަ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2024 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

#

މާލެ، އާ ދަރުމަވަންތަ ސްކޫލް އުތުރު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 2A

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި މ. މުލަކު ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

ބައި-އިލެކްޝަން، އަތޮޅު-މާލެ-1

KT1.1

1

މާލެ،
 ހިރިޔާ ސްކޫލް ހޯލުގެ އަރިމަތިން އޮންނަ ހުސްޖާގަ

މިފޮށްޓަށް ވޯޓުލާނީ މާލޭގެ އޯކިޑްމަގާ ކާނޭޝަންމަގާއި ގުޅޭ ނުކުތާއިން ކާނޭޝަންމަގުން ހުޅަނގަށް، އިރާކުމަގުން ދެކުނަށް، ފުނަގޯޅިން ހުޅަނގަށް، ޖަހާމުގުރިގޯޅިން ދެކުނަށް، ފަރީދީމަގުން ދެކުނަށް، މަޖީދީމަގުން އިރަށް، ޖަމްބުމަގުން ދެކުނަށް، އަސަރީ ހިނގުމުން އިރަށް، އަސަރީ ހިނގުމުން އުތުރަށް،  އަސަރީ ހިނގުމުން އިރަށް، އަސަރީގޯޅިން އުތުރަށް، މަޖީދީމަގުން އިރަށް، ފަނޑިޔާރުމަގުން ހުޅަނގަށް، އޯކިޑުމަގުން އުތުރަށް ގޮސް އޯކިޑުމަގާއި ކާނޭޝަންމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ މީހުންނާއި މާވެޔޮމަގާ މަޖީދީމަގާއި ގުޅޭ ނުކުތާއިން މަޖީދީމަގުން ހުޅަނގަށް، އަސަރީގޯޅިން ދެކުނަށް، އަސަރީހިނގުމުން ހުޅަނގަށް، އަސަރީހިނގުމުން ދެކުނަށް، އަސަރީހިނގުމުން ހުޅަނގަށް، ޖަންބުމަގުން ދެކުނަށް، އަލިމަސްމަގުން އިރަށް، މާވެޔޮމަގުން އުތުރަށް ގޮސް މާވެޔޮމަގާ މަޖީދީމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މާފަންނު މެދު-1

T13.1

2

މާލެ، އާ ދަރުމަވަންތަ ސްކޫލް އުތުރު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 1C

މިފޮށްޓަށް ވޯޓުލާނީ މާލޭގެ ނިރޮޅުމަގާއި މަޖީދީމަގު ގުޅޭ ނުކުތާއިން ފެށިގެން މަޖީދީމަގުން ހުޅަނގަށް، ޝަބްނަމްމަގުން ދެކުނަށް، ބޮޑުރަސްގެފާނުމަގުން އިރަށް، ނިރޮޅުމަގުން އުތުރަށް ގޮސް ނިރޮޅުމަގާއި މަޖީދީމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ ރައްޔިތުންނާއި ގަލޮޅު މެދު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްރީގައިވާ ރައްޔިތުންނެވެ.

ގަލޮޅު މެދު-3

T7.3

3

މާލެ،
 އިމާދުއްދީން ސްކޫލްގެ އޮފީސް ކުރިމަތިން އޮންނަ ހުސް ޖާގަ

މިފޮށްޓަށް ވޯޓު ލާނީ ދޮންއަދަރާދަހިނގުމާއި އަމީނީމަގާއި ގުޅޭ ނުކުތާއިން ފެށިގެން ދޮންއަދަރާދަހިނގުމުން އުތުރަށް، ލޮނުޒިޔާރަތްމަގުން ހުޅަނގަށް، ކޮއިމަލާހިނގުމުން ދެކުނަށް، ބުރުޒުމަގުން ހުޅަނގަށް، ރެހެނދިހިނގުމުން ދެކުނަށް، އަމީނީމަގުން އިރަށްގޮސް، ދޮންއަދަރާދަހިނގުމާއި އަމީނީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި މާލޭގެ ކޮއިމަލާހިނގުމާ ބުރުޒުމަގާއި ގުޅޭ ނުކުތާއިން ފެށިގެން ކޮއިމަލާހިނގުމުން އުތުރަށް، ލޮނުޒިޔާރަތްމަގުން ހުޅަނގަށް، ރެހެންދިހިނގުމުން ދެކުނަށް، ބުރުޒުމަގުން އިރަށްގޮސް ކޮއިމަލާހިނގުމާއި ބުރުޒުމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ގަލޮޅު ދެކުނު-1

T8.1

4

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖަނަވަރީ 2024
ހޯދާ