ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޢަރަބި ބަހުގެ ކްރޭޝް ކޯސް

ޤައުމީ ޔުނިވަރސިޓީގެ މާލެ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.  މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި:

2024 ޖަނަވަރީ 18 ވަނަ ދުވަހުގެ 23:59

ކޯސް އޮންނާނެ ތާރީޚާއި ދަންފަޅި:

2024 ޖަނަވަރީ 23 / 20:00

ކެމްޕަސް:

މާލެ

ކޯސް ހިންގޭނެ ގޮތް:

ކްލާސްތަކަށް ހާޒިރުވެގެން (ފޭސްޓުފޭސްކޮށް) އަދި އޮންލައިންކޮށް

ޖާގައިގެ ޢަދަދު:

100 (ކްލާސްތަކަށް ހާޒިރުވެގެން 70ޖާގަ އަދި އޮންލައިންކޮށް 30 ޖާގަ)

ވަގުތު/މުއްދަތު:

3 ގަޑިއިރު

އުމުރުފުރާ:

16 އަހަރުން މަތި

ފޯމުގެ ލިންކު:

https://forms.gle/BghwmQXoEXdsAdpa6

 

މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޢަރަބި ބަހުގެ މަތީ ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ މަގުފަހިވެގެން ދާނެއެވެ.

ނޯޓު: މި ކޯހުގެ ތާވަލު މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

 

28 ޑިސެންބަރު 2023
ހޯދާ